logoEN
Sto top
ހުޅުމާލޭގައި މިއަދު މާރާމާރީ ހިނގީ ކުރީގެ ފިރިމީހާއާއި މިހާރުގެ ލޯބިވެރިޔާއާއި ދެމެދު!

ހުޅުމާލޭގައި މިއަދު މާރާމާރީ ހިނގީ ކުރީގެ ފިރިމީހާއާއި މިހާރުގެ ލޯބިވެރިޔާއާއި ދެމެދު!

އަހުމަދު ޝުރާއު

logo

5/25/2025, 11:16:57 AM

# ދިވެހި ފުލުހުންގެ ޙިދުމަތް

--

ހުޅުމާޅޭގައި މިއަދު ހިނގި މަރާމާރީއާއި ގުޅޭ ތަފްސީލް ފުލުހުން ހާމަކޮށްފި އެވެ.

Wamco

ފުލުހުން ބުނީ ހުުޅުމާލެ ބުރެވިގަސް މަގުގައި ހުރި ލެޓެއް ކައިރީގައި ހިނގި މާރާމާރީ އެއްގެ މައްސަލަ ފުލުހުންނަށް ލިބުނީ މިއަދުގެ 13:00 އެހާކަންހާއިރު ކަމަށެވެ.

އެގޮތުން މި ރިޕޯޓާއި ގުޅިގެން ފުލުހުން ސީންއަށް އެޓެންޑުވެ ބެލި ބެލުމުން އެނގުނު ގޮތުގައި މިއީ އަންހެނެއްގެ ކުރީގެ ފިރިމީހާއާއި މިހާރުގެ ލޯބިވެރިޔާއާއި ދެމެދު ހިނގި މާރާމާރީއެއް ކަމަށާއި މި މާރާމާރީގައި އާއިލާގެ އިތުރު ބަޔަކު ބައިވެރިވެ ހަމަނުޖެހުން ހިންގާފައިވާ ކަމަށް ފުލުހުން ބުނެއެވެ.

މި މާރާމާރީގައި އެކެއްގެ ބޯ ފެޅި ތަފާތު ކުރި އަނިޔާ އެދެމީހުންނަށް ލިބިފައިވާކަން ފުލުހުން ވަނީ ހާމަކޮށްފައި އެވެ. އަދި އެ ދެމީހުންނަށް ހޮސްޕިޓަލުގައި ފަރުވާ ދިނުމަށްފަހު ހޮސްޕިޓަލުން ދޫކޮށްލާފައި އެވެ.

ފުލުހުން އިތުރަށް ބުނީ މި މައްސަލައާއި ގުޅގެން އެދެމީހުން ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވާ ކަމަށާއި މައްސަލަ އިތުރަށް ތަހުގީގު ކުރަމުންދާ ކަމަށެވެ.

E living
ކޮމެންޓް
E living
ފަހުގެ
STELCO Inside