logoEN
Sto top
ކަރަންޓަށް ދިމާވި މައްސަލައާއިއެކު މާލޭގެ ސަލާމަތީ ކަންކަން ބެލެހެއްޓުމަށް ހާއްސަ މަސައްކަތްތަކެއް ފަށައިފިން - ފުލުހުން

ކަރަންޓަށް ދިމާވި މައްސަލައާއިއެކު މާލޭގެ ސަލާމަތީ ކަންކަން ބެލެހެއްޓުމަށް ހާއްސަ މަސައްކަތްތަކެއް ފަށައިފިން - ފުލުހުން

އަހުމަދު ޝުރާއު

logo

6/1/2025, 1:44:58 PM

# ދިވެހި ފުލުހުންގެ ޙިދުމަތް

--

މިއަދު ގްރޭޓަރ މާލެ ސަރަހައްދަށް ދިމާވި ކަރަންޓަށް މައްސަލައާއިއެކު މާލޭގެ ސަލާމަތީ ކަންކަން ބެލެހެއްޓުމަށް ހާއްސަ މަސައްކަތްތަކެއް ފަށައިފައިވާ ކަމަށް ދިވެހި ފުލުހުންގެ ހިދުމަތުން ބުނެފި އެވެ.

Wamco

ފުލުހުންގެ ރަސްމީ އެކްސް އެކައުންޓުގައި ކުރި ޕޯސްޓެއްގައި ބުނެފައިވަނީ ގްރޭޓަރ މާލެ ސަރަހައްދުގެ ކަރަންޓަށް ދިމާވެފައިވާ މައްސަލައާ ގުޅިގެން، ސަލާމަތީ ކަންކަން ބެލެހެއްޓުމަށް ހާއްސަ މަސައްކަތްތަކެއް ދިވެހި ފުލުހުންގެ ޚިދުމަތުން ފަށާފައިވާ ކަމަށެވެ.

އަދި މި މަސައްކަތްތައް، ކަރަންޓަށް ދިމާވެފައިވާ މައްސަލަ އެއްކޮށް ހައްލު ކުރެވި އާންމު ހާލަތަށް ގެނެވެންދެން ކުރިއަށްދާނެ ކަމަށްވެސް ފުލުހުން ވަނީ ބުނެފައި އެވެ.

ފުލުހުން ޚާއްސަ މަސައްކަތްތަކެއް ފެށި އިރު ސްޓެލްކޯއިން ވަނީ މިހާރު މާލޭގެ ހުރިހާ ސަރަހައްދަކަށް މިއަދުގެ 18:05 ހާއިރު ކަރަންޓު ދީފައި އެވެ.

ކުއްލި ގޮތަކަށް މާލެ ސަރަހައްދަށް ދިމާވި "ބްލެކްއައުޓް" އާއި ގުޅިގެން ރައީސް ޑރ މުހައްމަދު މުއިއްޒުގެ އެންގެވުމަކާއި އެކު ފުލުހުން ވަނީ މިކަން ހިނގާދިޔަ ގޮތް ބެލުމަށް ތަހުގީގެއް ފަށާފައި އެވެ. ނަމަވެސް އެކަމާއި ގުޅޭ ތަފްސީލެއް ފުލުހުން ދީފައެއް ނުވެއެވެ.

E living
ކޮމެންޓް
E living
ފަހުގެ
STELCO Inside