.jpg&w=3840&q=75)
-
މާލެ، ހުޅުމާލެ އަދި ހުޅުލެއިން ކުއްލި ގޮތަކަށް ކަރަންޓު ކެނޑުނު މައްސަލައިގެ ތަހުގީގެއް ފުލުހުން ފަށައިފި އެވެ.

ފުލުހުން ދާދި ދެންމެ އަކު ބުނީ ގްރޭޓަރ މާލެ ސަރަހައްދުން ކަރަންޓް ކެނޑިފައިވާ މައްސަލައާ ގުޅިގެން ދިވެހި ފުލުހުންގެ ޚިދުމަތުން އެކަން ހިނގި ގޮތް ބެލުމަށް ހާއްސަ ތަހުގީގެއް ފަށާފައިވާ ކަމަށެވެ.
ފުލުހުން ޚާއްސަ ތަހުގީގެއް ފަށާފައި މިވަނީ މުޅި މާލެ، ހުޅުމާލެ އަދި ހުޅުލެ ހިމެނޭހެން ކަރަންޓު ގޮސްފައިވާ މައްސަލަ ސީރިއަސް މައްސަލައެއްގެ ގޮތުގައި ބެލުމަށް ކަމާބެހޭ ފަރާތްތަކަށް، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު، ދަންނަވާފައިވަނިކޮށެވެ.
މި މައްސަލަ ބެއްލެވުމަށް ދަންނަވާފައިވާކަން ހާމާކުރެއްވީ އެމަނިކުފާނުގެ ރަސްމީ އެކްސް އެކައުންޓުން ޙިއްޞާކުރެއްވި ޕޯސްޓެއްގައެވެ.
ރައީސުލްޖުމްހޫރިއްޔާގެ ޕޯސްޓުގައި އެފަދަ ކަމެއް ތަކުރާރު ނުވާނޭހެން ކަރަންޓުގެ ޚިދުމަތުގެ ކަންކަން އިންތިޒާމް ކުރަންޖެހޭ ހުރިހާ ކަމެއް ސަރުކާރުން ކުރައްވާނެކަމުގެ ޔަޤީންކަން ދެއްވާފައިވެއެވެ.