
ޣައްޒާގެ ޑޮކްޓަރެއްގެ އާއިލާއަށް އަމާޒުކޮށް ވަރުގަދަ ހަމަލާއެއް: އޭނާގެ 9 ދަރީން ޝަހީދުކޮށްލައިފި
# ޣައްޒާޔަހޫދީން މިއަދު ޣައްޒާއަށް ދިން ހަމަލާއެއްގައި ޣައްޒާގެ ޑޮކްޓަރެއްގެ 9 ދަރީން ޝަހީދުކޮށްލައިފި އެވެ.

ރިޕޯޓުތައް ބުނާގޮތުގައި ޣައްޒާގައި ޑޮކްޓަރުގެ ގެއަށް އިސްރާއީލުން ދިން މިސައިލް ހަމަލާގައި އޭނާގެ ދިހަ ދަރިންގެ ތެރެއިން ނުވަ ކުއްޖަކު ޝަހީދުވެފައިވާއިރު، އެ ހަމަލާގައި ސަލާމަތްވި ދަރިފުޅަށް ވެސް ބޮޑެތި އަނިޔާތަކެއް ލިބި ފިރިމީހާގެ ހާލު ސީރިއަސް އެވެ.
މި ހަމަލާދީފައިވަނީ ނާސިރު މެޑިކަލް ކޮމްޕްލެކްސްގެ އަލް ތަހްރީރު ކްލިނިކްގެ ކުޑަކުދިންގެ ހާއްސަ ޑޮކްޓަރެއް ކަމަށްވާ އަލާ އަލް ނައްޖާރުގެ ގެއަށެވެ.
އެގޮތުން މި ހަމަލާދިން ވަގުތުވެސް އޭނާ ހުރީ މަސައްކަތުގައި ކަމަށް ރިޕޯޓުތައް ބުނެއެވެ.
ފަލަސްތީނުގެ ސިވިލް ޑިފެންސް އިން ހިއްސާކުރި މަންޒަރުތަކުން ފެންނަ ގޮތުގައި އަލާ އަލް ނައްޖާރުގެ ގެއިން މަދުވެގެން ހަތް ކުޑަކުދިންގެ ހަށިގަނޑު ނެރެއެވެ. އަދި
ގުޅުންހުރި

ބުރެއިޖް ރެފިއުޖީ ކޭމްޕަށް ބޮން އަޅައި 19 މީހަކު ޝަހީދުކޮށްލައިފި

ހަމާސްގެ މިހާރުގެ ލީޑަރު މުހައްމަދު ސިންވާރު އަވަހާރަކޮށްލާފައިވާކަމަށް ނިރުބަވެރި ނަތަންޔާހޫ އިއުލާނުކޮށްފި

އެހީ ދޫކުރާ މަރުކަޒުތައް ފަލަސްތީނުގެ ރައްޔިތުން ވަށާލައިފި: އެމެރިކާއާއި އިސްރާއީލުން އެހީ ބަހަން ދިޔަ އޮފިޝަލުންނަށް ކޮންޓްރޯލް ގެއްލިފައި!
