logoEN
Sto top
އޭޝިއާ އެތުލެޓިކްސް މުބާރާތުގައި ވާދަކުރާ  ރާއްޖޭގެ އެތްލީޓުން ކޮރެއާއަށް ދިއުމައްޓަކައި ފުރައިފި

އޭޝިއާ އެތުލެޓިކްސް މުބާރާތުގައި ވާދަކުރާ ރާއްޖޭގެ އެތްލީޓުން ކޮރެއާއަށް ދިއުމައްޓަކައި ފުރައިފި

ހަސަން ޝަމްއޫން

logo

5/23/2025, 4:07:07 PM

# ދިވެހި ކުޅިވަރު

އިބާ އަދި ޒިވާ

ދެކުނު ކޮރެއާގައި މި މަހު ބޭއްވުމަށް ހަމަޖެހިފައިވާ އޭޝިއަން އެތުލެޓިކްސް ޗެމްޕިއަންޝިޕްގައި ރާއްޖޭން ވާދަކުރާ އެތުލީޓުން ކޮރެއާއަށް ދިއުމައްޓަކައި މިރޭ ފުރައިފިއެވެ.

Wamco

27 މެއި 2025 އިން 31 މެއި 2025 އަށް ދެކުނު ކޮރެއާގެ ގުމީގައި އޮންނަ މިމުބާރާތުގައި ވާދަކުރާ ރައްޖޭގެ ޓީމުގައި ހިމެނެނީ އިބާދުﷲ އާދަމް އާއި ޒިވާ މޫސާ ޝަފީއު އެވެ. އަދި ޓީމުގެ ކޯޗަކީ ސީނިއާ އެތުލެޓިކްސް ޓީމުގެ ސްޕްރިންޓް ކޯޗު، ހުސެއިން ހަލީމް އެވެ.

އިބާދުﷲ އާއި ޒިވާ އަކީ "އަރުތަ" ސްކޮލަޝިޕްގެ ދަށުން ޖެމެއިކާގައި ޓްރެއިނިން ހަދަމުން އަންނަ ދެ އެތުލީޓުންނެވެ. ނަމަވެސް މިމުބާރާތައް ދިއުމުގެ ކުރިން ، ދެ އެތުލީޓުން ވެސް އެންމެ ފަހުގެ ތަމްރީނުތައް ހަދާފައިވަނީ ރާއްޖޭގައެވެ.

އެއީ، މި މަހު ކުރީކޮޅުގައި އިންޑިއާގެ ރާންޗީގައި ބޭއްވުމަށް ނިންމާފައި އޮތް، ސައުތު އޭޝިއަން އެތުލެޓިކްސް ޗެމްޕިއަންޝިޕްގައި ވާދަކުރަން އެ ގައުމަށް ދިއުމަށް ރާއްޖެ އައި ގޮތަށް މަޑުކުރުމަށް ފަހު އެވެ. ނަމަވެސް އިންޑިއާ އާއި ޕާކިސްތާންގެ ހަމަނުޖެހުންތަކާ ގުޅިގެން ސައުތު އޭޝިއާގެ އެތުލެޓިކްސް މުބާރާތް ފަސްކުރުމުން، އިބާދުﷲ އަދި ޒިވާގެ ޓްރެއިނިންތައް ރާއްޖޭގައި ކުރިއަށްގެންދިޔައީ އެވެ.،

މި މުބާރާތުގައި، އިބާދުﷲ ވާދަކުރާނީ 100 މީޓަރާއި 200 މީޓަރު އިވެންޓުގަ އެވެ. އަދި، ޒިވާ ވާދަކުރުމަށް މި ވަގުތު ފައިނަލް ކުރެވިފައިވަނީ، 200 މީޓަރު އިތުރުން 100 މީޓަރު ނުވަތަ 400 މީޓަރުގައެވެ. ނިންމާނީ ކޮރެއާ އަށް ގޮސްފައި ކަމަށެވެ.

އިބާދުﷲ އެންމެ ފަހުން ބޮޑު މުބާރާތެއްގައި ވާދަކޮށްފައި ވަނީ މިދިޔަ އަހަރު ޕެރިހުގައި އޮތް އޮލިމްޕިކްސް މުބާރާތުގަ އެވެ. އަދި ޒިވާ ވަނީ 2023 ވަނަ އަހަރުގެ އިންޑިއަން އޯޝަން އައިލެންޑް ގޭމްސް (އައިއޯއައިޖީ) އާއި އެ އަހަރު ޗައިނާގައި ބޭއްވި، އޭޝިއަން ގޭމްސްގައި ރާއްޖެ ތަމްސީލުކޮށްފައެވެ.

E living
ކޮމެންޓް
E living
ފަހުގެ
STELCO Inside