logoEN
Sto top
ވޭލިއަންޓް ވޯރިއާސްގެ ފުޓްސަލް ޗެލެންޖުގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފި

ވޭލިއަންޓް ވޯރިއާސްގެ ފުޓްސަލް ޗެލެންޖުގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފި

ހަސަން ޝަމްއޫން

logo

5/23/2025, 7:43:13 AM

# ދިވެހި ކުޅިވަރު

ވޭލިއަންޓް ވޯރިއާސް

ވޭލިއަން ވޯރިއާ އާއި ޓީއެފްޓީ ގުޅިގެން ބާއްވާ 4×4 ފުޓްސަލް ޗެލެންޖް 2025 ގައި ބައިވެރިވުމުގެ ފުރުސަތު އާންމުކޮށް ހުޅުވާލައިފިއެވެ.

Wamco

މާލޭ ސަރަހައްދުގައި ދިރިއުޅޭ ޒުވާނުނަށް ހާއްސަކޮށްގެން ބާއްވާ މިމުބާރާތަކީ ކުޅިވަރުގެ ރޫހް ދިރުވައި އާލާކުމުގެ ގޮތުންނާއި، ދުޅަހެޔޮ މުޖުތަމައެއް ބިނާކުރުމަށް ކުޅިވަރުގެ ތެރެއިން ޒުވާނުނަށް ވާދަވެރި މާހައުލެއްގައި ވާދަކޮއްލުމުގެ ފުރުސަތު ހޯދައިދިނުމުގެ ގޮތުން ވޭލިއަން ވޯރިއާ އާއި ޓީއެފްޓީ ގުޅިގެން ބާއްވާ މުބާރާތެކެވެ.

9 ޖޫން 2025 ވަނަ ދުވަހު ފެށުމަށް ހަމަޖެހިފައިވާ މިމުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ޖޫން މަހުގެ ތިންވަނަ ދުވަހުގެ ނިޔަލަށް ހުޅުވާލެވުފައިވާއިރު، ގިނަވެގެން ފުރުސަތު ދިނުމަށް ހަމަޖެހިފައިވަނީ 32 ޓީމަށެވެ. އަދި މުބާރަތުގެ ރަޖިސްޓްރޭޝަން ފީއެއްގެ ގޮތުގައި 350 ރުފިޔާގެ ފީއެއް ނެގުމަށް ވަނީ ހަމަޖެހިފައެވެ.

ޗެންޕިއަންޓީމަށް 3500 ރުފިޔާގެ ފައިސާގެ އިނާމެއް ހުށަހަޅާފައިވާ މިމުބާރާތް އިތުރަށް ފޯރިގަދަ ކުރުމަށްޓަކައި މުބާރާތް ކުރިއަށް ގެންދިމަށް ހަމަޖެހިފައިވަނީ ނޮކައުޓް އުސޫލުންނެވެ.

މުބާރާތުގެ ސްޕޮންސަރުންގެ ގޮތުގައި އެލް މޮބައިލް އަދި ލޭޔަރސް ހަމަޖައްސާފައިވާއިރު، މީޑިޔާ ޕާޓްނަރަކީ ގާފު ސްޕޯޓްސް އެވެ. އަދި މުބާރާތާއި ބެހޭގޮތުން އިތުރު މައުލޫމާތު ހޯއްދަވަން ބޭނުންފުޅުވެލައްވާ ފަރާތްތަކުން 9704068 ނުވަތަ 7600152 އަށް ގުޅުމުން މައުލޫމާތް ލިބިވަޑައިގަންނަވާނެއެވެ.

E living
ކޮމެންޓް
E living
ފަހުގެ
STELCO Inside