
"ގދ.އަތޮޅު ކައުންސިލްގެ 16 އަހަރުން ދަށުގެ ފުޓްސަލް މުބާރާތް 2025"ގައި ބައިވެރިވުމުގެ ފުރުޞަތު ހުޅުވާލުން
# ގދ.އަތޮޅު ކައުންސިލް# ދިވެހި ކުޅިވަރުތިނަދޫ ސިޓީގައި ބޭއްވުނު ޖޫނިއާ ފުޓްސަލް މުބާތާތެއްގެ ތެރެއިން...ފޮޓޯ: ޑީއާރުސީ
ގދ. އަތޮޅު ކައުންސިލްގެ ފަރާތުން އިންތިޒާމުކޮށް މިއަހަރު ބޭވުމަށް ހަމަޖެހިފައިވާ 16 އަހަރުން ދަށުގެ ފިރިހެން ފުޓްސަލް މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފިއެވެ.

ގދ.އަތޮޅު އަތޮޅު ކައުންސިލުގެ އިދާރާއިން ގެޒެޓްކޮށްފައިވާ އިއުލާނުގައި ވާގޮތުން ޖުލައި 26 ގައި ބޭއްވުމަށް ރާވާފައިވާ މިމުބާރާތުގެ ބައިވެރިވުމުގެ ފުރުސަތު ގދ.އަތޮޅުގެ މީހުން ދިރިއުޅޭ ކޮންމެ ރަށަކުން އެއް ޓީމަށް ދިނުމަށް ވަނީ ހަމަޖެހިފައެވެ.
މީގެ އިތުރުން އެއިއުލާނުގައި ވާގޮތުން، މި މުބާރާތުގައި ބައިވެރިވުމަށް ޝައުގުވެރިވާ ފަރާތްތަކުން 2025 ޖޫން 22 ވަނަ ދުވަހުގެ 14:00ގެ ކުރިން https://forms.office.com/r/q2796p3hjs ލިންކް މެދުވެރިކޮށް ރަޖިސްޓްރީ ވުމަށް ވަނީ އެދިފައެވެ. އަދި ޓީމް ބައިވެރިކުރެވޭނީ އެރަށެއްގެ ކައުންސިލް/ޖަމްއިއްޔާއެއް މެދުވެރިކޮށެވެ. އަދި މުބާރާތާއި ބެހޭ ގޮތުން އިތުރު މައުލޫމާތެއް ސާފު ކުރައްވަން ބޭނުންފުޅުވާނަމަ 7474232 ނަންބަރ ފޯނަށް ގުޅައިގެން މައުލޫމާތު ސާފުކުރުމަށް އެއިދާރާ އިން ވަނީ އެދިފައެވެ.
މުބާރާތުގެ ޤަވާއިދާއި ބައިވެރިވުމަށް އެދޭ ފޯމް އަދި ޖަދުވަލުތައް ގެޒެޓްކުރެވުނު އިއުލާނުގައި ހިމަނާފައިވާއިރު، މުބާރާތުގެ ޗެންޕިއަން ޓީމަށް 25،000 އަދި ރަނަރަޕަ ޓީމަށް 15،000 ރުފިޔާގެ ފައިސާގެ އިނާމެއް ވަނީ ހުށަހަޅާފައެވެ.
ގުޅުންހުރި

ލަންކާ މާސްޓަރސް އެތްލެޓިކްސް މުބާރާތުގެ ޗެންޕިއަންކަން ރާއްޖޭގެ މާސްޓަރސް ޓީމު ހޯދައިފި

އޭޝިއާ އެތުލެޓިކްސް މުބާރާތުގައި ވާދަކުރާ ރާއްޖޭގެ އެތްލީޓުން ކޮރެއާއަށް ދިއުމައްޓަކައި ފުރައިފި

ވޭލިއަންޓް ވޯރިއާސްގެ ފުޓްސަލް ޗެލެންޖުގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފި
