
ޔަހޫދީން ހުއްޓުމެއްނެތި ޣައްޒާއަށް ދެމުންދާ ހަމަލާތަކުގައި ޚާން ޔޫނުސްގެ ސަރަހައްދަކަށް މިއަދު ދިން ހަމަލާއެއްގައި ގިނަ އަދަދެއްގެ ކުޑަކުދިން ޝަހީދުކޮށްލައިފި އެވެ.

އަލް ޖަޒީރާއިން ރިޕޯޓުކުރާ ގޮތުގައި ޣައްޒާގެ ޚާން ޔުނިސްގެ ދެކުނުގައި އޮންނަ ކިޒާން އަލް ނައްޖާރުގައި ހުންނަ ގެއަކަށް އިސްރާއީލުން ދިން ވައިގެ ހަމަލާއެއްގައި 8 މީހަކު ޝަހީދުވެފައިވާ ކަމަސެވެ.
އެގޮތުން މި ހަމަލާގައި ޝަހީދުވި މީހުންގެ ތެރެއިން 7 މީހުންނަކީ ހަތް ކުޑަކުދިން ކަމަށް ޣައްޒާގެ މަދަނީ ދިފާއީ އިދާރާއިން ބުނެފައިވާކަމަށް އަލްޖަޒީރާއިން ރިޕޯޓުކުރެއެވެ.
ޔަހޫދީންގެ މި ހަމަލާގައި އިތުރު އެތައް ބަޔަކަށް އެކިވަރުގެ ޒަހަމްތައް ވަނީ ލިބިފައެވެ.
ގުޅުންހުރި

ބުރެއިޖް ރެފިއުޖީ ކޭމްޕަށް ބޮން އަޅައި 19 މީހަކު ޝަހީދުކޮށްލައިފި

ހަމާސްގެ މިހާރުގެ ލީޑަރު މުހައްމަދު ސިންވާރު އަވަހާރަކޮށްލާފައިވާކަމަށް ނިރުބަވެރި ނަތަންޔާހޫ އިއުލާނުކޮށްފި

އެހީ ދޫކުރާ މަރުކަޒުތައް ފަލަސްތީނުގެ ރައްޔިތުން ވަށާލައިފި: އެމެރިކާއާއި އިސްރާއީލުން އެހީ ބަހަން ދިޔަ އޮފިޝަލުންނަށް ކޮންޓްރޯލް ގެއްލިފައި!
