logoEN
Sto top
އެމެރިކާއިން ހިރޮޝީމާއަށް ދިން ފަދަ ނިއުކްލިއާ ހަމަލާއެއް ޣައްޒާއަށް ދޭން އެމެރިކާގެ މަޖިލީސް މެމްބަރަކު ގޮވާލައިފި

އެމެރިކާއިން ހިރޮޝީމާއަށް ދިން ފަދަ ނިއުކްލިއާ ހަމަލާއެއް ޣައްޒާއަށް ދޭން އެމެރިކާގެ މަޖިލީސް މެމްބަރަކު ގޮވާލައިފި

އަހުމަދު ޝުރާއު

logo

5/22/2025, 4:54:09 PM

# ޣައްޒާ

ޣައްޒާއަށް ނިއުކްލިއާ ހަމަލާއެއް ދޭން އެމެރިކާގެ ގާނޫނު ހަދާ މަޖިލީހުގެ މެމްބަރަކު ގޮވާލައިފި އެވެ.

Wamco

އަލްޖަޒީރާއިން ރިޕޯޓުކުރާ ގޮތުގައި ވޮޝިންޓަންގައި އިޒްރޭލު އެމްބަސީގެ ދެ މުވައްޒަފަކު ބަޑީގެ ހަމަލާއެއްގައި މަރުވި މައްސަލައާއި ގުޅިގެން ޣައްޒާގައި ނިއުކްލިއާ ހަތިޔާރު ބޭނުންކުރުމަށް ގޮވާލޯ އަލަށް އިންތިހާބުވި ރިޕަބްލިކަން ޕާޓީގެ މެމްބަރު ރޭންޑީ ފައިން އެވެ.

އެގޮތުން ފަލަސްތީނު މިނިވަންކަމަށް ދުނިޔޭގައި ކުރަމުން އަންނަ ކެމްޕޭނަކީ ނުބައި ނިޔަތެއްގައި ކުރާ ކެމްޕެއިނެއް ކަމަށް އޭނާ ބުންޏެވެ. ޖަޕާނަށް އެމެރިކާއިން ދިން ނިއުކްލިއާ ހަމަލާ، ހިރޮޝީމާ ހަމަލާއިން މިސާލު ނަގައި ޣައްޒާއަށް ދެކޮޅަށްވެސް އެފަދަ ހަމަލާއެއް ދޭން ޖެހޭ ކަމަށް ފައިން ވަނީ ބުނެފައި އެވެ.

އެމެރިކާގެ ރައީސް ޓްރަމްޕްގެ އަރިސް އެކުވެރިއެއް ކަމަށްވާ ފައިން އަކީ ފަލަސްތީނާ ދެކޮޅަށް ވާހަކަ ދެއްކުމުގެ ވަރަށް ބޮޑު ތާރީހެއް އޮތް މީހެކެވެ.

E living
ކޮމެންޓް
E living
ފަހުގެ
STELCO Inside