
ފަލަސްތީނުގެ މުސްލިމުން ފަތިސް ނަމާދަށް ތިއްބާ މިސްކިތެއްގައި ހުޅުޖަހަން ޔަހޫދީން މަސައްކަތްކޮށްފި
# ޣައްޒާފަލަސްތީނުގެ މުސްލިމުން ފަތިސް ނަމާދަށް ތިއްބާ މިސްކިތުގައި ހުޅުޖަހަން ޔަހޫދީން މަސައްކަތްކޮށްފި އެވެ.

އިޒްރޭލުން ހިފާފައިވާ ފަލަސްތީނުގެ ހުޅަނގު އައްސޭރީގައި ދިރިއުޅޭ ފަލަސްތީނުގެ އެކްޓިވިސްޓް އިހާބް ހަސަން އެކްސްގައި ކުރި ޕޯސްޓެއްގައި ބުނި ގޮތުގައި ނަބްލޫސްގެ އިރު ދެކުނުގައި އޮންނަ އަކްރަބާ އަވަށަށް އިސްރާއީލުގެ ޔަހޫދީންތަކެއް ވަނީ އަރައި ފަލަސްތީނުގެ ރައްޔިތުންގެ މުދަލަށް ހަމަލާދީފައި އެވެ.
ހަސަން އިތުރަށް ބުނީ، ޔަހޫދީން ފަލަސްތީނުގެ މީހެއްގެ ކާރެއްގައި އަލިފާން ރޯކޮށް، ނަމާދުކުރާ މީހުން އެތެރޭގައި ތިއްބާ މިސްކިތެއް އަންދާލަން އެމީހުން މަސައްކަތް ކުރި ކަމަށާއި އެއީ "އެމީހުން ދިރިތިއްބާ އަންދާލަން ކުރި ކަމެއް" ކަމަށެވެ.
މިކަން އަލް ޖަޒީރާއިންވެސް ވަނީ ކަށަވަރުކޮށްފައި އެވެ.
ފަލަސްތީނުގެ ބިންތަކަށް ވެރިވެގަނެގެން އުޅޭ ޔަހޫދީން ދަނީ ހުއްޓުމެއްނެތި މުސްލިމުންނަށް ފުރައްސާރަ ކުރަމުންނެވެ. އެގޮތުން މުސްލިމުންގެ ގެތަށް ފޭރިގަންނަމުންދާއިރު އިޒްރޭލު އަސްކަރިއްޔާއިން ދަނީ ފަލަސްތީނުގެ ނަސްލު ނައްތާލުމަށް ގިނަ ހަމަލާތަކެއް ފަލަސްތީނުގެ އެކި ސަރަހައްދުތަކަށް ދެމުންނެވެ.
ގުޅުންހުރި

ބުރެއިޖް ރެފިއުޖީ ކޭމްޕަށް ބޮން އަޅައި 19 މީހަކު ޝަހީދުކޮށްލައިފި

ހަމާސްގެ މިހާރުގެ ލީޑަރު މުހައްމަދު ސިންވާރު އަވަހާރަކޮށްލާފައިވާކަމަށް ނިރުބަވެރި ނަތަންޔާހޫ އިއުލާނުކޮށްފި

އެހީ ދޫކުރާ މަރުކަޒުތައް ފަލަސްތީނުގެ ރައްޔިތުން ވަށާލައިފި: އެމެރިކާއާއި އިސްރާއީލުން އެހީ ބަހަން ދިޔަ އޮފިޝަލުންނަށް ކޮންޓްރޯލް ގެއްލިފައި!
