
ވާރޓްސިލާ އާއި ގުޅިގެން ސްޓެލްކޯއިން ކޮލިޓީ، އެންވަޔަރަންމަންޓަލް، ހެލްތް އެންޑް ސޭފްޓީ ސެޝަނެއް ކުރިޔަށް ގެންގޮސްފި
# ސްޓެލްކޯ--
ސްޓެލްކޯގެ މުވައްޒަފުންނަށް ޚާއްސަ ކޮށްގެން އެކުންފުނީގެ މުހިންމު ބައިވެރިއެއް ކަމަށްވާ ވާރޓްސިލާ ގުޅިގެން ކޮލިޓީ، އެންވަޔަރަންމަންޓަލް، ހެލްތް އެންޑް ސޭފްޓީ (ކިއުއީއެޗްއެސް) ސެޝަނެއް ކުރިޔަށް ގެންގޮސްފި އެވެ.

މި ސެޝަން ކުރިޔަށް ގެންގޮސްފައިވަނީ އިއްޔެ ސްޓެލްކޯގެ މައި އޮފީހުގައި އެވެ. މި ސެޝަންގައި ވާރޓްސިލާގެ އިސްވެރިން ބައިވެރިވެވަޑައިގެންނެވި އިރު ސްޓެލްކޯގެ އެމްޑީ ހުސެއިން ފަހުމީ ހިމެނި ވަޑައިގަންވާހެން ސްޓެލްކޯގެ އިސްވެރިންވެސް ވަނީ ބައިވެރިވެވަޑައިގެންފައި އެވެ.
ސްޓެލްކޯއިން ބުނީ ވާރޓްސިލާއާ ގުޅިގެން ކުރިއަށް ގެންދިޔަ ސެޝަނަކީ، އިނޮވޭޝަން، ސަސްޓެއިނަބިލިޓީ، އަދި އޮޕަރޭޝަނަލް އެކްސެލެންސްއަށް ދެ ކުންފުނީގެ ދެމެދުގައި އުފެދިފައިވާ ޒަމާންވީ ގުޅުމުގައި ލިބުނު ވަރަށް ބޮޑު ކާމިޔާބީއެއް ކަމަށެވެ.
މި ސެޝަންގައި ވާޓްސިލާ ވަނީސްޓެލްކޯއަށް 75 އަހަރު ފުރުމުގެ މުނާސަބަތުގައި ސްޓެލްކޯގެ އަގު ވަޒަންކޮށް ހަދާނީ ފިލައެއް އަރުވާފައި އެވެ. އަދި ސްޓެލްކޯއިންވެސް ވަނީ ވާރޓްސިލާ އާއި އެކު އޮތް 10 އަހަރުވީ ކާމިޔާބު ގުޅުމުގެ އަގު ވަޒަންކޮށް، ވާޓްސިލާ އަށް ހަނދާލީ ފިލައެއް އަރުވާފައި އެވެ.
ސްޓެލްކޯގެ ފެސިލިޓީތަކުގައި މިވަގުތުވެސް ޖުމްލަ 86 މެގަވޮޓްގެ ކެޕޭސިޓީގެ 14 ވަރޓްސިލާ އިންޖީނު އަންނަނީ ހިންގަމުންނެވެ.
ވަރޓްސިލާއަކީ ފިންލޭންޑްގެ ކުންފުންޏެކެވެ.
ގުޅުންހުރި

ސްޓެލްކޯގައި 37 އަހަރަށްވުރެ ދިގު މުއްދަތަކަށް ޚިދުމަތްކުރެއްވި މުޙައްމަދު އިބްރާހީމް ޝަރަފްވެރިކަމާއެކު ރިޓަޔަރ ކުރައްވައިފި

ކަރަންޓު ކެނޑުނީ ސޮފްޓްވެއަރ އަޕްޑޭޓަށްފަހު ދިމާވި މައްސަލައަކުން- ސްޓެލްކޯ

މާލެއާއި ހުޅުމާލެއިން ކުއްލިގޮތަކަށް ކަރަންޓު ކެނޑުނު މައްސަލަ ދެނެގަނެ، އަލުން ކަރަންޓު ދޭން ފަށައިފި




