
މިއަދުގެ މިވަގުތާއި ހަމައަށް ޣައްޒާއިން 50 އަށްވުރެ ގިނަ މީހުން ޝަހީދުކޮށްލައިފި: ޖުމުލަ އަދަދު 53،600 ހުރަސްކޮށްފި!
# ޣައްޒާ-
ޔަހޫދީން ހުއްޓުމެއްނެތި ޣައްޒާއަށް ދެމުންދާ ހަމަލާތަކުގައި މިއަދުގެ މިވަގުތާއި ހަމައަށް 50 އަށްވުރެ ގިނަ މީހުން ޝަހީދުކޮށްލައިފި އެވެ.

ޣައްޒާގެ ހަބަރުތައް ގެނެސްދޭ މީޑިއާތަކުން ރިޕޯޓުކުރާ ގޮތުގައި މިއަދުގެ ފަތިހުން ފެށިގެން މިވަގުތާއި ހަމައަށް ޣައްޒާއިން 53 މީހަކު ވަނީ ޝަހީދުކޮށްލާފައި އެވެ. އެގޮތުން މިއަދުވެސް ޔަހޫދީންގެ އެންމެ ގިނަ ހަމަލާތައް އަމާޒުވީ ޣައްޒާގެ އުތުރުގައި އޮންނަ ޚާން ޔޫނުސް ސަރަހައްދަށެވެ. އެސަރަހައްދުން އެކަނިވެސް 30 އެއްހާ މީހުން ޝަހީދުވެފައިވާއިރު މީގެ އިރުކޮޅެއް ކުރީން ޣައްޒާގެ ޖަބަލިއާ އަވަށަށް ދިން ހަމަލާއެއްގައި 8 މީހަކު ވަނީ ޝަހީދުކޮށްލާފައި އެވެ.
މިއަދުގެ ހަމަލާތަކުގައިވެސް ކުޑަކުދިންތަކެއް ވަނީ ޝަހީދުވެފައި އެވެ.
ޔަހޫދީން ފާއިތުވި 5 ދުވަހުގެ ތެރޭގައި ޣައްޒާއިން 600 އަށްވުރެ ގިނަ މީހުން ޝަހީދުކޮށްލާފައި އެވެ.
ޔަހޫދީން ޣައްޒާއަށް ހަމަލާދޭން ފެށިތާ 20 މަސް ދުވަސް ވާނެ ކައިރިވެފައިވާއިރު ޔަހޫދީން އަނިޔާވެރި ހަމަލާތަކުގައި މިހާތަނަށް ޣައްޒާއިން 53,600 އަށްވުރެ ގިނަ މީހުން ވަނީ ޝަހީދުވެފައި އެވެ. އޭގެ ތެރޭގައި ގިނައީ ކުޑަކުދިންނާއި އަންހެނުންގެ އިތުރުން އުމުރުން ދުވަސްވީ މީހުންނެވެ.
ގުޅުންހުރި

ބުރެއިޖް ރެފިއުޖީ ކޭމްޕަށް ބޮން އަޅައި 19 މީހަކު ޝަހީދުކޮށްލައިފި

ހަމާސްގެ މިހާރުގެ ލީޑަރު މުހައްމަދު ސިންވާރު އަވަހާރަކޮށްލާފައިވާކަމަށް ނިރުބަވެރި ނަތަންޔާހޫ އިއުލާނުކޮށްފި

އެހީ ދޫކުރާ މަރުކަޒުތައް ފަލަސްތީނުގެ ރައްޔިތުން ވަށާލައިފި: އެމެރިކާއާއި އިސްރާއީލުން އެހީ ބަހަން ދިޔަ އޮފިޝަލުންނަށް ކޮންޓްރޯލް ގެއްލިފައި!
