logoEN
Sto top
އެމެރިކާއިން މާލެ ސިޓީއަށް އެއްބާރުލުން ދެވިދާނެ ދާއިރާތަކާ ބެހޭގޮތުން މަޝްވަރާކޮށްފި

އެމެރިކާއިން މާލެ ސިޓީއަށް އެއްބާރުލުން ދެވިދާނެ ދާއިރާތަކާ ބެހޭގޮތުން މަޝްވަރާކޮށްފި

އަހުމަދު ޝުރާއު

logo

5/21/2025, 7:28:32 AM

# މާލެ ސިޓީ ކައުންސިލް

--

މާލެ ސިޓީގެ މޭޔަރ، އާދަމް ޢާޒިމްގެ އަރިހަށް، އެމެރިކާ ސަރުކާރުން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު، ހިއުގޯ ޔޮން އިޙްތިރާމުގެ ޒިޔާރަތެއް ކުރައްވައިފިއެވެ.

Wamco

އަންގާރަ ދުވަހު މާލެ ސިޓީ ކައުންސިލް އިދާރާގައި އޮތް މި ބައްދަލުވުމުގައި، އެމެރިކާއިން މާލެ ސިޓީއަށް އެއްބާރުލުން ދެވިދާނެ ދާއިރާތަކާ ބެހޭގޮތުން، ދެ ބޭފުޅުން މަޝްވަރާކުރެއްވިއެވެ. އަދި މީގެ ތެރޭގައި ތަރައްޤީ، ތަޢުލީމު އަދި މުޖުތަމަޢުގެ ބައިވެރިވުން ހިމެނޭ ދާއިރާތަކަށް އިސްކަން ދެއްވިއެވެ.

މި ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުން، މޭޔަރ ޢާޒިމް ވިދާޅުވީ މާލެ ސިޓީގެ މޭޔަރު ކަމުގެ މަޤާމާ ހަވާލުވެވަޑައިގެން މިވީ މަދު ދުވަސް ކޮޅުގެ ތެރޭ، މާލެ ސިޓީގެ ކަންކަން ހައްލުކުރުމަކަށް ޓަކައި ގިނަގުނަ މަސައްކަތްތަކެއް ކުރައްވާފައިވާކަމަށާއި، ކުރިއަށް އޮތް ދުވަސްތަކުގައި ވެސް، އިތުރު ކަންކަން ކުރުމަށް ޕްލޭން ކުރެވިފައިވާކަމަށެވެ.

ދިވެހިރާއްޖެއާއި އެމެރިކާއާ ދެމެދު އުފެދިފައިވާ ޒަމާންވީ ގާތް ރަހުމަތްތެރިކަމުގެ ގުޅުމުގެ މައްޗަށް އަލިއަޅުވައި ލައްވައި، މޭޔަރ ޢާޒިމް ވިދާޅުވީ، މި ދެ ޤައުމުގެ ދުވަސްވީ ގުޅުމުގެ ސަބަބުން، ދެ ޤައުމުގެ ގުޅުން އިތުރަށް ބަދަހިވެ، ދެ ޤައުމަށް ފާގަތިކަމާއި އެއްބައިވަންތަކަން ގެނެސްދޭނެ ގުޅުމަކަށް ކުރިއަށް އޮތް އަހަރުތަކުގައި ވެގެންދާނެ ކަމަށެވެ.

މި ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުން އެމެރިކާގެ ސަފީރު ވިދާޅުވީ، ކުރިއަށް އޮތް ދުވަސް ތަކުގައި، މާލެ ސިޓީ ކައުންސިލާއެކު އޮތް ގުޅުން، ކުރިއަށް ވުރެ ބޮޑަށް ބަދަހިކުރައްވާނެ ކަމަށާއި ކައުންސުލުން ކުރިއަށްގެންދާ، އެކިއެކި މަސައްކަތްތަކަށް ދެވެންއޮތް އެއްބާރުލުން ދެއްވާނެ ކަމަށެވެ.

މިބައްދަލުވުމުގައި މޭޔަރ ޢާޒިމްގެ އިތުރުން، ޑެޕިއުޓީ މެޔަރ މުޙައްމަދު އަރީޝް ވެސް ބައިވެރިވެވަޑައިގެންނެވިއެވެ.

E living
ކޮމެންޓް
E living
ފަހުގެ
STELCO Inside