logoEN
Sto top
އަމިއްލަ ދަނޑުގައި މެންޗެސްޓާ ސިޓީ އިން ބޯންމައުތު ބަލިކޮށްފި

އަމިއްލަ ދަނޑުގައި މެންޗެސްޓާ ސިޓީ އިން ބޯންމައުތު ބަލިކޮށްފި

ހަސަން ޝާއިން

logo

5/21/2025, 3:57:06 AM

# އިނގިރޭސި ޕްރިމިއާ ލީގު# ބޯންމައުތު# މެންޗެސްޓާރ ސިޓީ# ބޭރު ދުނިޔޭގެ ކުޅިވަރު

މެންޗެސްޓާ ސިޓީ އާއި ބޯންމައުތު ވާދަކުރި މެޗުގެ ތެރެއިން....

އިނގިރޭސި ޕްރެމިއާ ލީގުގައި އަންގާރަ ދުވަހުގެ ރޭ އަމިއްލަ ދަނޑުގައި 3-1 ގެ ނަތީޖާއަކުން ބޯންމައު އަތުން މޮޅުވެ މެންޗެސްޓާ ސިޓީ އިން ލީގުތާވަލުގެ ތިންވަނައަށް ކުރިއަށް ޖެހިލައިފިއެވެ.

Wamco

ލީގުގައި މެންޗެސްޓާ ސިޓީ އެންމެ ފަހުން ކުޅުނު މެޗުގައި ސައުތުހެމްޓަން އާއި ވާދަކޮށް 0-0 ގެ ނަތީޖާއަކުން ދެޓީމު އެއްވަރުވެފައިވާއިރު، ބޯންމައުތު އެންމެ ފަހުން ކުޅުނު މެޗުގައި އެސްޓަންވިލާ އަތުން 1-0 ގެ ނަތީޖާއަކުން އެޓީމު ވަނީ ބަލިވެފައެވެ. އަދި މިދެޓީމު އެންމެ ފަހުން ކުޅުނު މެޗު 1-2 ގެ ނަތީޖާއަކުން ކާމިޔާބުކުރީ މެންޗެސްޓާ ސިޓީ އެވެެ.

ދެޓީމުގެ ފަރާތުން ވާދަވެރި ކުޅުމެއް ފެނިގެންދިޔަ މިމެޗުގައި ސިޓީގެ ލަނޑުތައް ކާމިޔާބުކޮށްދިނީ މިސްރު ފޯވާޑް އޮމަރު މަރުމޯޝްގެ އިތުރުން ބެނާޑޯ ސިލްވާ އަދި ނިކޯ ގޮންޒާލޭޒް އެވެ. އަދި ބޯންމައުތުގެ ހަމައެކަނި ލަނޑު ދެވަނަ ހާފުގެ އިތުރު ވަގުތުގެ ތެރޭގައި ކާމިޔާބުކޮށްދިނީ ޒުވާން ފޯވާޑް ޑެނިއަލް ޖެބިސަން އެވެ.

މިމެޗަކީ މިސީޒަން ނިމުމުން ޓީމު ދޫކޮއްލުމަށް ނިންމާފައިވާކަން އިއުލާންކޮށްފައިވާ މެންޗެސްޓާ ސިޓީގެ ލެޖެންޑް ކެވިން ޑިބްރޭނާ ، އިއްތިހާދު ސްޓޭޑިއަމްގައި ކުޅުނު ފަހު މެޗެވެ. އަދި އަނިޔާގެ ސަބަބުން މިސީޒަނުގެ ބޮޑުބައި ކުޅުމާއި ދުރުގައި ހުރި މިއަހަރުގެ ބެލެންޑިއޯ އެވޯޑް ކާމިޔާބުކުރި ރޮޑްރީ ވަނީ އަނިޔާއިން ރަނގަޅުވެ މިމެޗުގެ ދެވަނަ ހާފުގެ 83 ވަނަ މިނެޓުގައި ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ކުޅެން ނިކުމެފައެވެ.

މީގެ އިތުރުން މެޗުގެ ދެވަނަ ހާފުގައި މެންޗެސްޓާ ސިޓީގެ ކޮވަސިޗް އަދި ބޯންމައުތުގެ ލުއިސް ކުކްއަށް ދެއްކި ރަތްކާޑާއެކު ދެޓީމުން ވެސް މެޗު ނިންމާލީ 10 ކުޅުންތެރިންނާއެކު އެވެ.

މިނަތީޖާއެކު ލީގުގައި މެންޗެސްޓާ ސިޓީ އިން ކުޅުނު 37 މެޗުން ހޯދި 68 ޕޮއިންޓާއެކު އެޓީމު މިވަގުތު އޮތީ ލީގުތާވަލުގެ ތިން ވަނައިގައެވެ. އަދި މިމެޗުން ބަލިވި ބޯންމައުތުން ލީގުގައި ލީގުގައި ކުޅުނު 37 މެޗުން 53 ޕޮއިންޓް ލިބިފައިވާއިރު އެޓީމު މިވަގުތު އޮތީ ލީގު ތާވަލުގެ 11 ވަނައިގައެވެ.

E living
ކޮމެންޓް
E living
ފަހުގެ
STELCO Inside