
ޔަމަނުގެ ހޫތީން ނިރުބަވެރި އިޒްރޭލުގެ މައި އެއާޕޯޓަށް އަމާޒުކޮށް ވަރުގަދަ މިސައިލް ހަމަލާއެއް ދީފި އެވެ.

ޔަމަނުގެ ހަނގުރާމަވެރި ޖަމާއަތުން މިއަދު ހެނދުނު ނެރުނު ބަޔާނެއްގައި ބުނާ ގޮތުގައި "ކޮލިޓޭޓިވް މިލިޓަރީ އޮޕަރޭޝަނެއްގައި" ދެ ބެލިސްޓިކް މިސައިލް އިން ޓެލް އަވީވް ކައިރީގައި އޮންނަ އިސްރާއީލުގެ މައި އެއާޕޯޓަށް އެމީހުން ވަނީ ހަމަލާ ދީފައި އެވެ.
"މި އޮޕަރޭޝަންގެ އަމާޒު ހާސިލްވި،" ޓެލެގްރާމްގެ ނެރުނު ބަޔާނުގައިވެ އެވެ.
އިސްރާއީލު ސިފައިން ބުނީ އިސްރާއީލަށް ފޮނުވާލި ބެލިސްޓިކް މިސައިލެއް ކާމިޔާބުކަމާއެކު ހުއްޓުވާފައިވާ ކަމަށާއި އެހަމަލާ އަމާޒުވީ އިޒްރޭލުގެ ގަޑިން ރޭ މެންދަމު 2 ޖަހާ އެހާކަންހާއިރު (އިއްޔެ ޖީއެމްޓީ 23:00 ގައި) ކަމަށާއި، މިސައިލްއާއި އެކު އިޒްރޭލުގެ މެދުތެރޭގައި ސައިރެންތައް އެކްޓިވޭޓް ވި ކަމަށެވެ.
އެމެރިކާގެ ބޯޓުތަކަށް ދޭ ހަމަލާތައް ހުއްޓުވުމަށް އެއްބަސްވި ނަމަވެސް ޣައްޒާގައި ތިބި ފަލަސްތީނުގެ ރައްޔިތުންނާ އެއްބައިވަންތަކަމުގެ ގޮތުގައި ހޫތީން ވަނީ އިސްރާއީލަށް މިސައިލް ހަމަލާތައް ފާއިތުވި ހަފްތާގެ ތެރޭގައިވެސް ދީފައި އެވެ.
ގުޅުންހުރި

އިސްރާއީލާއި ގުޅުން އޮތް އިތުރު ބޯޓަކަށް ހޫތީން ހަމަލާދީފި

ޔަމަނަށް ދިން ހަމަލާތަކުގެ ބަދަލުގައި ހޫތީން އިސްރާއީލަށް ހަމަލާދީފި: 11 ބެލިސްޓިކް މިސައިލާއި ޑްރޯން ބޭނުންކުރި!

ޔަމަނުގެ ހޫތީން އިސްރާއީލަށް މިސައިލް ހަމަލާއެއް ދީފި: ތެލް އަވީވްއާއި ހިފާފައިވާ ގުދުސްގައި ގޮވުންތަކުގެ އަޑުތައް!
