
އެފްއޭކަޕް ކާމިޔާބުކޮށް ކްރިސްޓަލް ޕެލަސް އިން ޔުރޮޕާ ލީގު ޖާގައެއް ކަށަވަރުކޮށްފި
# އިނގިރޭސި އެފްއޭކްޕް# ބޭރު ދުނިޔޭގެ ކުޅިވަރު# މެންޗެސްޓާރ ސިޓީ# ކްރިސްޓަލް ޕެލަސްކްރިސްޓަލް ޕެލަސް ކުޅުންތެރިން ސިޓީ ކޮޅަށް ލަނޑުޖެހުމަށްފަހު އުފާފާލުކުރަނީ
ދުނިޔޭގެ އެންމެ ގިނަ ދުވަސްވީ ފުޓްބޯޅަ މުބާރާތް އިނގިރޭސި އެފްއޭކަޕްގެ ފައިނަލުގައި ހޮނިހިރު ދުވަހުގެ ރޭ މެންޗެސްޓާ ސިޓީ 1-0 ގެ ނަތީޖާއަކުން ބަލިކޮށް ކްރިސްޓަލް ޕެލަސް އިން ކުރިއަށް އޮތް ސީޒަނުގެ ޔުއެފާ ޔުރޮޕާ ލީގު ޖާގައެއް ކަށަވަރުކޮށްފިއެވެ.

މިނަތީޖާއެކު 2016 ވަނަ އަހަރުގެ ފަހުން ފުރަތަމަ ފަހަރަށް މެންޗެސްޓާ ސިޓީ އިން ހުސްއަތާ ސީޒަން ނިންމާލަންޖެހިފައިވާއިރު، މިއީ ސިޓީގެ ކޯޗު ޕެޕް ގާޑިއޯލާގެ ކޯޗިން ކެރިއަރުގައި ފުލް ސީޒަނެއް ހުސްއަތާއި ނިންމާލި ފުރަތަމަ ފަހަރެވެ. އަދި މީގެ އިތުރުން މިވަގުތު ޕްރެމިއާ ލީގުގެ 12 ވަނައިގައި އޮތް ކްރިސްޓަލް ޕެލަސްއަށް ކުރިއަށް އޮތް ސީޒަނުގެ ޔުއެފާ ޔުރޮޕާ ލީގު ޖާގައެއް ކަށަވަރުވެފައިވާއިރު، މިއީ އެކުލަބުގެ ތާރީޚުގައި ބޮޑު މުބާރާތެއްގެ ޗެންޕިއަންކަން އެޓީމުން ހޯދި ފުރަތަމަ ފަހަރެވެ.
މުބާރާތުގެ ފައިނަލުން ކްރިސްޓަލް ޕެލަސް ޖާގަހޯދީ ސެމީފައިނަލްގެ ފުރަތަމަ މެޗުގައި 3-0 ގެ ނަތީޖާއަކުން އެސްޓަންވިލާ ބަލިކުރުމަށްފަހު އެވެ. އަދި މެންޗެސްޓާ ސިޓީ އިން ޖެހިޖެހިގެން ތިންވަނަ ފަހަރަށް މުބާރާތުގެ ފައިނަލުން ޖާގަހޯދީ ސެމީގައިނަލުގެ ދެވަނަ މެޗުގައި 2-0 ގެ ނަތީޖާއަކުން ނޮޓިންހަމް ފޮރެސްޓް ބަލިކުރުމަށް ފަހު އެވެ. އަދި މިދެޓީމު އެންމެ ފަހުން ކުޅުނު މެޗު 5-2 ގެ ނަތީޖާއަކުން ކާމިޔާބުކުރީ މެންޗެސްޓާ ސިޓީއެވެ.
ލަނޑަނުގެ ވެމްބްލީ ސްޓޭޑިއަމްގައި ކުޅުނު މިމެޗުގައި ގިނަވަގުތު ބޯޅަ ހިފަހައްޓައިގެންކުޅެ މެންޗެސްޓާ ސިޓީ އިން މެޗު ޑޮމިނޭޓްކުރި ނަމަވެސް ފުރަތަމަ ހާފުގެ 16 ވަނަ މިނެޓުގައި ޕެލަސް އިން ވަނީ ލަނޑެއް ކާމިޔާބުކޮށް މެޗުގެ ލީޑުހޯދާފައެވެ. މިލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ އެޓީމުގެ އިނގިރޭސި މިޑްފީލްޑަރު އެޒޭ އެވެ. މިއީ އެޓީމުގެ ކޮލަމްބިއާ ޑިފެންޑަރު ޑެނިއަލް މުނޯޒް ތަނަވަސްކޮށްދިން ފުރުސަތެއްގައި އޭނާ ކާމިޔާބުކޮށްދިން ލަނޑެކެވެ.
ފުރަތަމަ ހާފުގެ 36 ވަނަ މިނެޓުގައި މެޗުގެ ނަތީޖާ އެއްވަރުކުރުމަށް މެންޗެސްޓާ ސިޓީއަށް ޕެނަލްޓީއެއް ލިބުނު ނަމަވެސް އެޓީމުގެ މިސްރު ފޯވާޑް އޮމަރު މަރްމޯޝް ކުރިއަށް ފޮނުވާލި ޕެނަލްޓީ ކްރިސްޓަލް ޕެލަސްގެ ކީޕަރު ޑީން ހެންޑަސަން ވަނީ ދިފާއުކޮށްފައެވެ. އަދި މިއާއެކު ފުރަތަމަ ހާފުގެ ކުޅުން ނިމިގެންދިޔައީ 1-0 ގެ ނަތީޖާއަކުން ކްރިސްޓަލް ޕެލަސް ކުރީގައި އޮވެގެންނެވެ.
މެޗުގެ ދެވަނަ ހާފުގައި ސިޓީ އިން އެޓީމުގެ ކުޅުން ރަނގަޅުކޮށް އެޓޭކުތައް އިތުރަށް ވަރުގަދަކުރި ނަމަވެސް، މެޗުގެ 58 ވަނަ މިނެޓުގައި ޕެލަސް އިން ވަނީ އިތުރު ލަނޑެއް ކާމިޔާބުކޮށްފައެވެ. ނަމަވެސް ވީއޭއާރުން ބެލުމަށްފަހު ރެފްރީ ވަނީ އެއީ އޮފްސައިޑް ލަނޑެއްކަމުގައި ނިންމާފައެވެ.
މީގެ އިތުރުން މިހާފުގައި މެންޗެސްޓާ ސިޓި އިން ކްރިސްޓަލް ޕެލަސްގެ ގޯލަށް ގިނަ ހަމަލާތަކެއް ފޮނުވާލި ނަމަވެސް މެޗުގެ ކުޅުން ނިމިގެންދިޔައީ ދެޓީމުންކުރެ އެއްވެސް ޓީމަކަށް އިތުރު ލަނޑެއް ކާމިޔާބު ނުކުރެވި 1-0 ގެ ނަތީޖާއަކުން ކްރިސްޓަލް ޕެލަސް ކުރީގައި އޮވެގެންނެވެ.
މިނަތީޖާއެކު 2016 ވަނަ އަހަރުގެ ފަހުން ފުރަތަމަ ފަހަރަށް މެންޗެސްޓާ ސިޓީ އިން ހުސްއަތާ ސީޒަން ނިންމާލަންޖެހިފައިވާއިރު، މިއީ ސިޓީގެ ކޯޗު ޕެޕް ގާޑިއޯލާގެ ކޯޗިން ކެރިއަރުގައި ފުލް ސީޒަނެއް ހުސްއަތާއި ނިންމާލި ފުރަތަމަ ފަހަރެވެ. އަދި މީގެ އިތުރުން މިވަގުތު ޕްރެމިއާ ލީގުގެ 12 ވަނައިގައި އޮތް ކްރިސްޓަލް ޕެލަސްއަށް ކުރިއަށް އޮތް ސީޒަނުގެ ޔުއެފާ ޔުރޮޕާ ލީގު ޖާގައެއް ވަނީ ކަށަވަރުވެފައެވެ.