
ޔަހޫދީންގެ އަނިޔާވެރިކަން އިންތިހާއަށް: ގިނަ އަދަދެއްގެ ކުޑަކުދިން ހިމެނޭހެން 12 ގަޑިއިރުން 100 އަށްވުރެ ގިނަ މީހުން ޝަހީދުކޮށްލައިފި
# ޣައްޒާޔަހޫދީން ޣައްޒާއަށް ދެމުންދާ ހަމަލާތައް ވަރުގަދަކޮށް މިއަދު އެކަނިވެސް ޣައްޒާއިން އެތައް ސަތޭކަ ބަޔަކު ޝަހީދުކޮށްލައިފި އެވެ.

ޣައްަޒާގެ ހާލަތާއި ގުޅޭ އެންމެ ފަހުގެ މައުލޫމާތު ގެނެސްދެމުންދާ ގުދުސް ނިއުސް ނެޓްވޯކުން ރިޕޯޓުކުރާ ގޮތުގައި މިއަދުގެ ފަތިހުން ފެށިގެން ޔަހޫދީން ދަނީ ޣައްޒާއަށް ވަރުގަދަ ހަމަލާތަކެއް ދެމުންނެވެ. އެގޮތުން 12 ގަޑިއިރުން 100 އަށްވުރެ ގިނަ މީހުން ޝަހީދުކޮށްލާފައިވާ ކަމަށް އެނޫހުން ރިޕޯޓުކުރެއެވެ.
މިއަދުގެ ހަމަލާތައް އެންމެ ބޮަޑަށް އަމާޒުވަމުންދަނީ ޣައްޒާގެ ޚާން ޔޫނުސްގެ ސަރަހައްދުތަކަށެވެ. އެގޮތުން ގިނަ ހަމަލާތަކުގައި އެތައް އާއިލާތަކެއް ޝަހީދުވި އިރު ގިނަ އަދަދެއްގެ ކުޑަކުދިންވެސް ހިމެނޭކަމަށް ރިޕޯޓުތައް ބުނެއެވެ. ޚާން ޔޫނުސްގެ ސަރަހައްދުތަކުން އެކަނިވެސް މިވަގުތާއި ހަމައަށް 60 އަށްވުރެ ގިނަ މީހުން ޝަހީދުކޮށްލާފައިވާ ކަމަށް ރިޕޯޓުތައް ބުނެއެވެ.
މިއަދު ޝަހީދުވި ޖުމްލަ މީހުންގެ އަދަދު މިހާތަނަށް ކަށަވަރުކުރެވިފައިނުވި ނަމަވެސް ޖުމުލަ އަދަދު މިވަގުތާއި ހަމައަށް 150 އާއި ގާތް ކުރާނެ ކަމަށް ބައެއް އިތުރު ރިޕޯޓުތައް ބުނެއެވެ.
އަލް ޖަޒީރާއިން ރިޕޯޓުކުރާ ގޮތުގައި ޔަހޫދީންގެ ބައެއް ހަމަލާތައް މިއަދު އަމާޒުވި ތަންތަނުގެ ތެރޭގައި ގެދޮރު ގެއްލިފައިވާ އެތައް ބަޔަކު ދިރިއުޅެމުންދިޔަ ސްކޫލުތައް ހިމެނެއެވެ.
ގުޅުންހުރި

ބުރެއިޖް ރެފިއުޖީ ކޭމްޕަށް ބޮން އަޅައި 19 މީހަކު ޝަހީދުކޮށްލައިފި

ހަމާސްގެ މިހާރުގެ ލީޑަރު މުހައްމަދު ސިންވާރު އަވަހާރަކޮށްލާފައިވާކަމަށް ނިރުބަވެރި ނަތަންޔާހޫ އިއުލާނުކޮށްފި

އެހީ ދޫކުރާ މަރުކަޒުތައް ފަލަސްތީނުގެ ރައްޔިތުން ވަށާލައިފި: އެމެރިކާއާއި އިސްރާއީލުން އެހީ ބަހަން ދިޔަ އޮފިޝަލުންނަށް ކޮންޓްރޯލް ގެއްލިފައި!
