logoEN
Sto top
ތިނަދޫ ކޯލްޑް ސްޓޯރޭޖްގެގެ މަސައްކަތް ބާރު ސްޕީޑެއްގައި ކުރިޔަށްދަނީ!

ތިނަދޫ ކޯލްޑް ސްޓޯރޭޖްގެގެ މަސައްކަތް ބާރު ސްޕީޑެއްގައި ކުރިޔަށްދަނީ!

އަހުމަދު ޝުރާއު

logo

5/15/2025, 1:10:05 PM

# އެމްޓީސީސީ

--

ތިނަދޫ ސިޓީގައި މިހާރު ތަރައްޤީކުރަމުން އަންނަ އިންޑަސްޓްރިއަލް ޒޯން ސަރަހައްދުގައި ގާއިމުކުރާ ކޯލްޑް ސްޓޯރޭޖްގެ ސިވިލް މަސައްކަތްތައް ބާރު ސްޕީޑެއްގައި ކުރިޔަށްދާ ކަމަށް އެމަޝްރޫއުގެ ކޮންޓްރެކްޓަރ، މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ(އެމްޓީސީސީ)އިން ބުނެފި އެވެ.

Wamco

މި މަޝްރޫއުގެ އެންމެ ފަހުގެ ތަފުސީލު ހާމަކުރަމުން އެމްޓީސީސީން މިއަދު ބުނެފައިވަނީ، ކޯލްޑް ސްޓޯރޭޖްގެ އިދާރީ އޮފީހުގެ %48 މަސައްކަތް މިހާރު ނިމިފައިވާ ކަމަށެވެ. އަދި އެ ސްޓޯރޭޖުގައި ތަރައްޤީކުރާ ކެމިކަލް އަދި ލޮނު ރައްކާކުރާ ފެސިލިޓީތަކުގެ 52 އިންސައްތަ މަސައްކަތް ނިމިފައިވާ ކަމަށްވެސް އެމްޓީސީސީން މިއަދު ވަނީ ހާމަކޮށްފައި އެވެ.

ސައުދީ ޑެވެލޮޕްމެންޓް ފަންޑް(އެސްޑީއެފް) ގެ އެހީގައި ކުރިޔަށްގެންދާ މި މަޝްރޫއުގެ މަސައްކަތް އެމްޓީސީސީއާ ހަވާލުކޮށްފައިވަނީ 12 ޖުލައި 2023ގައެވެ.

މި މަޝްރޫއުގެ ދަށުން ކޯލްޑް ސްޓޯރޭޖްގެ ފައުންޑޭޝަން މަސައްކަތްތަކާއ،ި ޑީސަލް ޓޭންކްގެ ފައުންޑޭޝަން މަސައްކަތްތަކާއ،ި އެއް ފަންގިފިލާގެ 4,790 އަކަފޫޓުގެ އިދާރީ އޮފީސް އިމާރާތެއް ޤާއިމުކުރުމާއ،ި އެއް ފަންގިފިލާގެ 261 އަކަފޫޓުގެ ކެމިކަލް ރައްކާކުރާ ޢިމާރާތެއް ޤާއިމުކުރުމާއ،ި އެއް ފަންގިފިލާގެ 266 އަކަފޫޓުގެ ލޮނު ރައްކާކުރާ ޢިމާރާތެއް ޤާއިމުކުރުމުގެ މަސައްކަތް ހިމެނެއެވެ. އަދި 3,050.363 އަކަފޫޓުގެ ސަރަޙައްދެއްގައި ރ-ީއިންފޯރސްޑް ކޮންކްރީޓް ޕޭވިންގ އެޅުމުގެ މަސައްކަތްވެސް ހިމެނެއެވެ.

ސަރުކާރުގެ އަމާޒަކީ އަންނަ އަހަރަށް އެތަން ނިންމައި ޚިދުމަތް ދޭން ފެށުމެވެ.

E living
ކޮމެންޓް
E living
ފަހުގެ
STELCO Inside