logoEN
Sto top
ރައުދުގެ ބަންދަށް އިތުރު 5 ދުވަސް!

ރައުދުގެ ބަންދަށް އިތުރު 5 ދުވަސް!

އަހުމަދު ޝުރާއު

logo

5/10/2025, 12:40:05 PM

# ޔުމްނު ވެއްޓުނު ހާދިސާ

--

ހ. ފެންޓެނޯއީގެއިން މި މަހުގެ 18 ވަނަ ދުވަހުގެ ފަތިހުގެ ވަގުތެއްގައި ޒުވާން އަންހެނަކު ވެއްޓި ބޮޑެތި އަނިޔާތަކެއް ލިބުނު މައްސަލައާއި ގުޅިގެން ހައްޔަރުކުރި ރައުދު އަހްމަދު ޒިލާލް (21 އ) ގެ ބަންދަށް ކްރިމިނަލް ކޯޓުން އިތުރު ފަސް ދުވަސް ޖަހައިފި އެވެ.

Wamco

މައުލޫމާތު ލިބިފައިވާގޮތުގައި ރައުދު ބަންދާއި މެދު ގޮތެއް ނިންމާފައިވަނީ މީގެ ކުރީން އޭނާގެ ބަންދަށް ކޯޓުން ދިން ފަސް ދުވަސް ހަމަވުމާއި ގުޅިގެން މިއަދު އޭނާގެ ބަންދާއި މެދު އިތުރަށް ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުންނެވެ. އެގޮތުން މިއަދު އޭނާގެ ބަންދަށް ފަސް ދުވަސް ދިން އިރު މިއީ އޭނާގެ ބަންދާއި މެދު ކޯޓުން ގޮތެއް ނިންމި 3 ވަނަ ފަހަރެވެ.

ރައުދު ހައްޔަރުކުރީ މިމަހުގެ 24 ވަނަ ދުވަހު ކޯޓު އަމުރެއްގެ ދަށުންނެވެ.

ރައުދު ހައްޔަރުކުރުމާއި ގުޅޭގޮތުން ފުލުހުން މީގެ ކުރީން ބުނީ އޭނާ ހައްޔަރުކުރަން ފުލުހުން ކޯޓު އަމުރަކަށް އެދުނީ ތަހުގީގަށް އޭނާގެ ފަރާތުން އެއްބާރުލުން ލިބެމުންނުދާތީ ކަމަށެވެ.

ރައުދު ހައްޔަރުކުރުމުގެ އިތުރުން މި މައްސަލައާއި ގުޅުންހުރި 9 މީހެއްގެ ވަނަވަރު ފުލުހުން ހާމަކޮށްފައިވެއެވެ. އަދި އެމީހުން ފުރުން މަނާކުރުމަށް ޕާސްޕޯޓުތައް ވަނީ ހިފަހައްޓާފައި ކަމަށްވެސް ވަނީ ބުނެފައި އެވެ.

މާލޭގެ އިމާރާތެއްގެ 9 ވަނަ ފަންގިފިލާއިން ޖެހިގެން ހުރި އިމާރާތުގެ ފުރާޅުމައްޗަށް ވެއްޓުނު ޔުމްނު ރަޝީދު ވެއްޓުމުގެ ކުރީން އޭނާއާއި އެއިމާރާތުގެ އުޅުނު ރައުދު އަހުމަދު ޒިލާލް އާއި ދެމެދު ހަމަނުޖެހުމެއް ހިނގި ކަމަށް ފުލުހުން ވަނީ ރައުދު ފުރަތަމަ ބަންދުކުރަން ކޯޓަށް ގެންދިޔަ ދުވަހު ކޯޓުގައި ބުނެފައެވެ. އެގޮތުން އެ ޝަރީއަތުގެ މަޖިލީހުގައި މައްސަލަ ބަލާ އިންވެސްޓްރިގޭޝަން އޮފިސަރު ވަނީ ޔުމްނުއާއި، ރައުދުއާ ދެމެދު އެ ރޭ ހަމަނުޖެހުންތަކެއް ހިނގައިފައިވާކަމަށް ބުނެފައި އެވެ. އަދި ޔުމްނު ވެއްޓުނު ހާދިސާއަށްފަހު އޭގެ މާ ގިނަ އިރުތަކެއް ނުވަނީސް، ޔުމްނު ކޮބައިތޯ ރައުދުއާ ސުވާލުކުރުމުން "ވީ ތަނެއް ނޭނގޭ" ކަމަށާއި "ވެއްޓުނީކަމަށް ބެލެވޭ ކަމަށް" ރައުދު ބުނި ކަމަށް އައިއޯ ވަނީ ކޯޓުގައި ބުނެފައި އެވެ.

ނަމަވެސް ޔުމްނު އާއި ރައުދު އާއި ދެމެދު ހަމަނުޖެހުން ހިނގީ ކޮން އިރަކު ކަމެއް އަދި ކީތްވެ ކަމެއް ހާމަކޮށްފައެއް ނުވެއެވެ.

E living
ކޮމެންޓް
E living
ފަހުގެ
STELCO Inside