.jpeg&w=3840&q=75)
ޔުމްނުއާއި ހަވާލާދީ އޭނާގެ އާއިލާ: ވެއްޓުނީ އަމިއްލައަކަށް ނޫން، އެއީ އާންމުކޮށް ގޮސް އުޅޭ ގެއެއް
# ޔުމްނު ވެއްޓުނު ހާދިސާ--
މިދިޔަ މަހުގެ 18 ވަނަ ދުވަހުގެ ރޭ ހ. ފެންޓެނޯއީ ގެއިން ވެއްޓުނު ޔުމްނު ރަޝީދު އެހާދިސާއާއި ގުޅިގެން ފުރަތަމަ ފަހަރަށް އޭނާގެ އާއިލާއާއި މައުލޫމާތު ހިއްސާކޮށްފި އެވެ.

މެލޭޝިއާގައި ފަރުވާ ހޯދަމުންދާ ޔުމްނު އެހާދިސާގެ ތަފްސީލް އާއިލާއި ހިއްސާކުރުމުން އެއާއިލާއިން މިރޭ ވަނީ ޚާއްސަ ނޫސްވެރިންގެ ބައްދަލުވުމެއް ބާއްވާފައި އެވެ.
އެގޮތުން ޔުމްނު އާއި ހަވާލާދީ އޭނާގެ ދައްތަ މިރޭ ބުނީ ޔުމްނު ވެއްޓުނު ފެންޓެނޯއީ ގެއަކީ އޭނާ އަލަށް ދިޔަ ގެއެއް ނޫން ކަމަށާއި އެއީ މީގެ ކުރީންވެސް ޔުމްނު ދިޔަ ގެއެއް ކަމަށެވެ. އަދި އެގެއަށް ދިޔުމަށް ދައުވަތު ދިނީ މި މައްސަލައާއި ގުޅިގެން ފުލުހުން މީގެ ކުރިން ވަނަވަރު އާންމުކުރި ޔޫސުފް ޔައްސާރު އަބްދުލްގަފޫރު، ހ.މީނާޒްކަމަށް ޔުމްނު ބުނެފައިވާ ކަމަށް އޭނާގެ އާއިލާއިން ބުނެއެވެ.
އަދި އެގޭގައި ޔުމްނު ވެއްޓުނު ހާދިސާއާއި ގުޅިގެން ހައްޔަރުކުރި ރައުދު އަހުމަދު ޒިލާލްގެ އިތުރުން އިތުރު ހަތަރު މީހަކު ހަރަކާތްތެރިވި ކަމަށްވެސް ޔުމްނު ބުނެފައިވާ ކަމަށް އާއިލާއިން ބުނެއެވެ.
ޔުމްނުއާއި ހަވާލާދީ އާއިލާއިން އިތުރަށް ބުނީ ފުންމާލުމަކޯ އަމިއްލަ އަށް ކުރި ކަމެއް ނޫން ކަމަށާއި, މިއީ ބަޔަކު ކުރި ކަމެއް ކަމަށް ޔުމްނު ބުނެފައިވާ ކަމަށެވެ.
ޔުމްނުއާއި ހަވާލާދީ އާއިޅާއިން މިކަން ހާމަކުރި އިރު މި މައްސަލައާއި ގުޅިގެން ފުލުހުން ބުނެފައިވަނީ ފެންޓެނޯއީ ގެއަށް މީގެ ކުރިން ޔުމްނު ގޮސްފައިނުވާ ކަމަށާއި އެގޭގައި ޔުމްނު އާއި އެކު ހުރީ ރައުދު އެކަނިކަމަށެވެ. އަދި ޔުމްނު ވެއްޓުނީ އަމިއްލައަށް ކަމަށް ބެލެވޭ ކަމަށް މީގެ ކުރިން ފުލުހުން ބުނި ނަމަވެސް އެކަމުގައި ރައުދުގެ ބައިވެރިވުމަށް ވާކަމަށް ރައުދުގެ ބަންދު ޖެހުމަށް ކޯޓަށް ގެންދިޔުމުން ކޯޓުގައި ފުލުހުން ބުނެފައި އެވެ.
ގުޅުންހުރި
.jpeg&w=3840&q=75)
ވެއްޓުނީ އަމިއްލައަކަށް ނޫން، އެއީ ކުރީންވެސް ދިޔަ ގެއެއް - ޔުމްނުއާއި ހަވާލާދީ އޭނާގެ އާއިލާ!

ރައުދުގެ ބަންދަށް އިތުރު 10 ދުވަސް!

ޔުމްނުގެ ކަނދުރާގެ ބޮޑު ސާޖަރީއެއް ކޮށްފި: ކާމިޔާބުވެއްޖެނަމަ ކުރު މުއްދަތެއްގެ ތެރޭގައި އަމިއްލަ ބާރުގައި އިށީނދެ އިނދެވޭނެ - އާއިލާ
