
ޔުމްނުގެ ކަނދުރާގެ ބޮޑު ސާޖަރީއެއް ކޮށްފި: ކާމިޔާބުވެއްޖެނަމަ ކުރު މުއްދަތެއްގެ ތެރޭގައި އަމިއްލަ ބާރުގައި އިށީނދެ އިނދެވޭނެ - އާއިލާ
# ޔުމްނު ވެއްޓުނު ހާދިސާޔުމްނުގެ ކަނދުރާއަށް ލިބިފައި ހުރި ގެއްލުން :- ފޮޓޯ | އާއިލާ
މާލޭގެ އިމާރާތަކުން ވެއްޓުނު 21 އަހަރުގެ ޔުމްނު ރަޝީދުގެ ކަނދުރާގެ މުހިންމު ސާޖަރީއެއް މިއަދު ނިންމާލައިފިއެވެ.

ޔުމްނުގެ ޢާއިލާގެ ފަރާތުން މޫމިން މައުމޫން މިއަދު އެކްސްގައި ކުރި ޕޯސްޓެއްގައި ބުނީ، މި ސާޖަރީއަކީ 5 ގަޑިއިރު ދިގު، އަދި ޑޮކްޓަރުން ރާވާފައިވާ ގޮތަށް ކުރިއަށްގެންދެވުނު ސާޖަރީއެއް ކަމަށެވެ. މި ސާޖަރީގެ މައިގަނޑު މަޤްޞަދަކީ ޔުމްނު ވެއްޓުނު ހާދިސާގައި ކަނދުރާގެ ތިރީބައިގައިވާ ސްޕައިން ކަށިގަނޑަށް ލިބުނު ގެއްލުންތަކަށް ފަރުވާ ދިނުމެވެ.
މޫމިން އިތުރަށް ބުނީ، މިއީ ޔުމްނު ކުރިމަތިލާންޖެހުނު އެންމެ ކްރިޓިކަލް އަދި ނުރައްކާތެރި ސާޖަރީ ކަމަށާއި، މިފަދަ އިތުރު ސާޖަރީއެއް ކުރަން ނުޖެހޭނެ ކަމަށް ޑޮކްޓަރުން ލަފާދީފައިވާ ކަމަށެވެ. އަދި މި ސާޖަރީ ކާމިޔާބުވެއްޖެނަމަ، ކުރު މުއްދަތެއްގެ ތެރޭގައި ޔުމްނުއަށް އަމިއްލަ ބާރުގައި އިށީނދެ އިނދެވޭނެ ކަމަށްވެސް އުންމީދު ކުރެވޭ ކަމަށް އާއިލާއިން ބުނެއެވެ.
ހ. ފެންޓެނޯއީ ގޭގެ ފަންގިފިލާއަކުން ވެއްޓިފައި އޮއްވައި ޔުމްނު ފެނުނު އިރު އޭނާއަށް ހުރީ ވަރަށް ބޮޑެތި އަނިޔާތަކެއްވެފަ އެވެ. އެގޮތުން ޔުމްނުއަށް އައިޖީއެމްއެޗްގެ ވެންޓިލޭޓަރުގައި ފަރުވާ ދިން އިރު އިތުރު ފަރުވާއަށް ޔުމްނު ފުރުވާލާފައިވަނީ މެލޭޝިއާއަށެވެ.
ޔުމްނުއަށް މިހާރު ފަރުވާ ދެމުން އަންނަނީ މެލޭޝިއާގެ ޕަންޓާއީ ހޮސްޕިޓަލުގައި އެވެ. މިއަދުގެ ސާޖަރީއަށްފަހު ޔުމްނުއަށް މިހާރު ފަރުވާ ދެމުން އަންނަނީ އެހޮސްޕިޓަލުގެ އައިސީޔޫގައި ކަމަށް އާއިލާއިން ބުނެއެވެ.
ގުޅުންހުރި

ޔުމްނުގެ ކަނދުރާގެ ބޮޑު ސާޖަރީއެއް ކޮށްފި: ކާމިޔާބުވެއްޖެނަމަ ކުރު މުއްދަތެއްގެ ތެރޭގައި އަމިއްލަ ބާރުގައި އިށީނދެ އިނދެވޭނެ - އާއިލާ

ޔުމްނު ވެއްޓުނު ހާދިސާ: މިނިސްޓަރު އަމީންގެ ގެއިން ފުލުހުންނަށް ސީސީޓީވީ ފުޓޭޖް ނުލިބުނު!

ޔުމްނު އިތުރު ފަރުވާއަށް މެލޭޝިއާއަށް ފުރުވާލައިފި
