
--
މިމަހަުގެ 18 ވަނަ ދުވަހު މާލޭގެ އިމާރާތަކުން ޒުވާން އަންހެނަކު ވެއްޓުނު މައްސަލައާއި ގުޅިގެން ހައްޔަރުކުރި ރައުދު އަހުމަދު ޒިލާލް އިތުރު 10 ދުވަހަށް ބަންދުކުރަން ކޯޓުން އަމަރުކޮށްފި އެވެ.

ރައުދު ހައްޔަރުކުރީ މިމަހުގެ 24 ވަނަ ދުވަހު ކޯޓު އަމުރެއްގެ ދަށުންނެވެ. އެގޮތުން ޖެހިގެން އައި ދުވަހު އޭނާގެ ބަންދާއި މެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން 5 ދުވަސް އޭނާ ބަންދުކުރަން އަމުރުކުރި އިރު ފަސް ދުވަސް ހަމަވެ ބަންދާއި މެދު ގޮތެއް ނިންމުމަށް މިއަދު ކްރިމިނަލް ކޯޓަށް ހާޒިރުކުރުމުން 10 ދުވަހަށް ބަންދުކުރަން ކޯޓުން ވަނި އަމުރުކޮށްފައި އެވެ.
ރައުދު ހައްޔަރުކުރުމާއި ގުޅޭގޮތުން ފުލުހުން މީގެ ކުރީން ބުނީ އޭނާ ހައްޔަރުކުރަން ފުލުހުން ކޯޓު އަމުރަކަށް އެދުނީ ތަހުގީގަށް އޭނާގެ ފަރާތުން އެއްބާރުލުން ލިބެމުންނުދާތީ ކަމަށެވެ.
ރައުދު ހައްޔަރުކުރުމުގެ އިތުރުން މި މައްސަލައާއި ގުޅުންހުރި 9 މީހެއްގެވަނަވަރު ފުލުހުން މިއަދު ހާމަކޮށްފައިވެއެވެ. އަދި އެމީހުން ފުރުން މަނާކުރުމަށް ޕާސްޕޯޓުތައް ވަނީ ހިފަހައްޓާފައި ކަމަށްވެސް ވަނީ ބުނެފައި އެވެ.
މާލޭގެ އިމާރާތެއްގެ 9 ވަނަ ފަންގިފިލާއިން ޖެހިގެން ހުރި އިމާރާތުގެ ފުރާޅުމައްޗަށް ވެއްޓުނު ޔުމްނު ރަޝީދު ވެއްޓުމުގެ ކުރީން އޭނާއާއި އެއިމާރާތުގެ އުޅުނު ރައުދު އަހުމަދު ޒިލާލް އާއި ދެމެދު ހަމަނުޖެހުމެއް ހިނގި ކަމަށް ފުލުހުން ވަނީ ރައުދު ފުރަތަމަ ބަންދުކުރަން ކޯޓަށް ގެންދިޔަ ދުވަހު ކޯޓުގައި ބުނެފައެވެ. އެގޮތުން އެ ޝަރީއަތުގެ މަޖިލީހުގައި މައްސަލަ ބަލާ އިންވެސްޓްރިގޭޝަން އޮފިސަރު ވަނީ ޔުމްނުއާއި، ރައުދުއާ ދެމެދު އެ ރޭ ހަމަނުޖެހުންތަކެއް ހިނގައިފައިވާކަމަށް ބުނެފައި އެވެ. އަދި ޔުމްނު ވެއްޓުނު ހާދިސާއަށްފަހު އޭގެ މާ ގިނަ އިރުތަކެއް ނުވަނީސް، ޔުމްނު ކޮބައިތޯ ރައުދުއާ ސުވާލުކުރުމުން "ވީ ތަނެއް ނޭނގޭ" ކަމަށާއި "ވެއްޓުނީކަމަށް ބެލެވޭ ކަމަށް" ރައުދު ބުނި ކަމަށް އައިއޯ ވަނީ ކޯޓުގައި މިއަދު ބުނެފައި އެވެ.
ނަމަވެސް ޔުމްނު އާއި ރައުދު އާއި ދެމެދު ހަމަނުޖެހުން ހިނގީ ކޮން އިރަކު ކަމެއް އަދި ކީތްވެ ކަމެއް ހާމަކޮށްފައެއް ނުވެއެވެ.
ގުޅުންހުރި
.jpeg&w=3840&q=75)
ވެއްޓުނީ އަމިއްލައަކަށް ނޫން، އެއީ ކުރީންވެސް ދިޔަ ގެއެއް - ޔުމްނުއާއި ހަވާލާދީ އޭނާގެ އާއިލާ!

ރައުދުގެ ބަންދަށް އިތުރު 10 ދުވަސް!

ޔުމްނުގެ ކަނދުރާގެ ބޮޑު ސާޖަރީއެއް ކޮށްފި: ކާމިޔާބުވެއްޖެނަމަ ކުރު މުއްދަތެއްގެ ތެރޭގައި އަމިއްލަ ބާރުގައި އިށީނދެ އިނދެވޭނެ - އާއިލާ
