
ރާއްޖެ 2.0 ލޯންޗުކޮށް ޑިޖިޓަލް ދާއިރާއިން އިންޤިލާބީ އަދި އިސްލާހީ ބަދަލުތަކަކާ ދިމާލަށް ރާއްޖެ ދަތުރު ފަށައިފި
# މޯލްޑިވްސް 2.0--
ރާއްޖެ ފުރިހަމަ ޑިޖިޓަލް ގައުމަކަށް ހެދުމަށް ސަރުކާރުން ހިންގަން ނިންމާފައިވާ މޯލްޑިވްސް 2.0 ރަސްމީކޮށް ލޯންޗުކޮށްފި އެވެ.

ރާއްޖޭގެ ޑިޖިޓަލް ޓްރާންސްފޮމޭޝަންގެ މަސައްކަތްތައް ހިންގާ މި މަޝްރޫޢު ރަސްމީކޮަށް ފައްޓަވައި ދެއްވީ މިރޭ އޮތް ރަސްމިއްޔާތެއްގައި ރައީސް ޑރ މުހައްމަދު މުއިއްޒު އެވެ. މި މަޝްރޫއު ލޯންޗުކޮށްދެއްވައި ރައީސް މުއިއްޒު ވަނީ މި މަޝްރޫޢު އިފްތިތާހް ކުރުމުގެ ގޮތުން ”މޯލްޑިވްސް 2.0 - ޑިޖިޓަލް ޓްރާންސްފޮމޭޝަން ސަމިޓު“ މިރޭ ރަސްމީކޮށް ފައްޓަވާދެއްވާފައި އެވެ.
ސަރުކާރުން ވިދާޅުވީ މި މަޝްރޫއަކީ މުޅި ދައުލަތުގެ ހުރިހާ މުއައްސަސާތައް ގުޅިގެން މަސައްކަތްކޮށް ޑިޖިޓަލް ދާއިރާއިން ރާއްޖެ އިންޤިލާބީ އަދި އިސްލާހީ ބަދަލުތަކަކާ ދިމާލަށް ގެންދިއުމަށް އިފްތިތާޙްކުރާ ޕްރޮގްރާމެއް ކަމަށާއި މިއީ ސަރުކާރުގެ ޑިޖިޓަލް ޓްރާންސްފޮމޭޝަން ސިޔާސަތު ތަންފީޛުކުރުމަށް ކުރިއަށް އޮތް 3 އަހަރަށް ހިންގާނެ މަޝްރޫޢުއެއް ކަމަށެވެ. އަދި މިއީ ސަރުކާރު މިހާރަށްވުރެ "ސްމާޓް"ކޮށް، ހަލުވި ޚިދުމަތް ދިނުމަށާއި، ކޮރަޕްޝަން ނައްތާލައި، ދެފުށް ފެންނަގޮތަށް ޓެކްނޮލޮޖީގެ އެހީގައި ހިންގުން ބަދަލުކުރުމަށް ފެށުނު މަޝްރޫއެއް ކަމަށްވެސް ސަރުކާރުން ވިދާޅުވެއެވެ.
އެގޮތުން މި މަޝްރޫޢުން ތަންފީޛުކުރެވޭ އިސްލާހީ މަސައްކަތްތަކާއެކު ފިޒިކަލް އަދި ޑިޖިޓަލް ކިއުތަކުގެ ބަދަލުގައި މަދު ކްލިކްތަކަކުން ޚިދުމަތް ލިބޭނެގޮތަށް ޚިދުމަތްތައް ފަރުމާކުރެވޭނެ ކަމށާއި ހިންގުމުގައި އަދި ޚިދުމަތް ހޯދުމުގައި ވަކިވެފައިވާ ރަށްތަކެއްގެ ވިސްނުމާއި ޚިދުމަތް ދިނުމަށް ވަކި ވަކި ނިޒާމުތެއް ގެންގުޅޭކަމުގެ އިހުސާސްގެ ބަދަލުގައި، ގުޅިފައިވާ ވިއުގައަކުން ޚިދުމަތް ލިބޭ ޤައުމެއް ގޮތަށް ރައްޔިތުންގެ އިހްސާސްތަކާއި ތަޖްރިބާ ބަދަލުކުރެވޭނެ ކަމަށް ސަރުކާރުން ހާމަކުރއެވެ. މީގެ އިތުރުން ޚިދުމަތްތައް ލިބުމުގައި ލަސްވާ ލަސްވުމަށް ފަރުވާހޯދައި، އަވަސް ޚިދުމަތެއް ފޯރުކޯށްދިނުން އަދި ނަތީޖާ ނެރުމަށް އިސްކަންދެވި ޚިދުމަތް ހޯދުމުގައި ކަންކަންވާންވީ ގޮތް ނޭނގޭގޮތަށް އޮންނަ އޮތުން ބަދަލުކޮށް ދެފުށްފެންނަ ހުޅުވާލެވިފައިވާ ޚިދުމަތް ދިނުމުގެ ނިޒާމެއް ބައްޓަންކުރެވިގެންދާނެ ކަމަށްވެސް ސަރުކާރުން ވިދާޅުވެއެވެ.
ސަރުކާރުން އިތުރަށް ވިދާޅުވީ މި މަޝްރޫޢުއަކީ ހަމައެކަނި ޑިޖިޓަލް ޓްރާންސްފޮމޭޝަންއާ ބެހޭ އިސްތިޖާރުތައް ބަޔާންކުރާ މަޝްރޫޢުއެއް ނޫން ކަމަށާއި މިއީ ޑިޖިޓަލް ވަސީލަތްތަކުގެ އެހީގައި ރައްޔިތުންނަށް މުޅި ދައުލަތުން ފޯރުކޯށްދޭ ޚިދުމަތްތަކާއި މުއައްސަސާތައް އިދާރީ ގޮތުން ހިންގާ ގޮތަށް އިންޤިލާބީ ބޮޑެތި ބަދަލުތައް ގެނައުމަށް އަމާޒުކޮށް، ކުރިއަށް އޮތް 3 އަހަރު ނަތީޖާ ނެރެދިނުމަށް ހިންގާ މަޝްރޫޢެއް ކަމަށެވެ. މި މަޝްރޫއުާއި އެކު އިޤްތިސާދުގައި އައިސީޓީ ގެ ހިއްސާ %15 އަށް އިތުރެވިގެންދާނެ އެވެ، އަދި ކާކުކަން އަންގައިދޭ ރަސްމީ ލިޔުންތަކާއި، ރެކޯޑްތަކާއި، ފައިސާ ދެއްކުމުގެ ނިޒާމުތަކަށް ރައްކާތެރި ކަމާއެކު ވާސިލްވުމަށް މަގުފަހިވެގެންދާއިރު ކިއުގައި މަޑުނުކޮށް، ކަރުދާހަށް ބަރޯސާނުވެ، ލުއިފަސޭހަ އަވަސް ޚިދުމަތްތައް ރައްޔިތުންނަށް ފޯރުކޮށްދެވޭނެ ކަމަށް ސަރުކާރުން ހާމަކުރެއެވެ.
މީގެ އިތުރުން އިންޓަރއޮޕަރަބަލް ނިޒާމުތަކުގެތެރެއިން ދައުލަތުގެ މުއައްސަސާތަކުގެ ހިންގުން ހަރުދަނާކޮށް ޚިދުމަތްތައް ވިލަރެސްކުރެވިފައިވާ އޮނިގަނޑެއްގެ ތެރެއިން ޚިދުމަތްތައް ދިނުމަށް މަގުފަހިވެގެންދާއިރު ޑޭޓާ އަދި ހެކީގެ މައްޗަށް ބިނާކޮށް ސިޔާސަތު އެކަށައަޅާ ނިންމުންތައް ނިންމުމަށް މަގުފަހޮކޮށްދީ ޚިދުމަތް ދިނުމުގެ ނިޒާމުތައް ޒަމާނީކުރެވިގެންދާނެއެވެ.
ސަރުކާރުން ވިދާޅުވީ މަޝްރޫޢުއާއެކީ ދިވެހިރާއްޖޭއަކީ ޚިދުމަތް ދިނުމުގައި އަދި ދައުލަތުގެ މުއައްސަސާތައް ހިންގުމުގައި ހުރިހާކަމެއް އެންމެ ފުރަތަމަވެސް ޑިޖިޓަލް ވިސްނުމުން ކުރުމަށް އިސްކަންދޭ ގައުމަކަށް ބަދަލުވެގެންދާނެ ކަމަށާއި ޑިޖިޓަލް ފަސްޓް ގައުމުއެއްގެ ގޮތުގައި ދިވެހިރާއްޖެ ބްރޭންޑް ކުރެވިގެންދާނެ ކަމަށެވެ.