logoEN
Sto top
ޔުމްނު ވެއްޓުނު ހާދިސާ: މިނިސްޓަރު އަމީންގެ ގެއިން ފުލުހުންނަށް ސީސީޓީވީ ފުޓޭޖް ނުލިބުނު!

ޔުމްނު ވެއްޓުނު ހާދިސާ: މިނިސްޓަރު އަމީންގެ ގެއިން ފުލުހުންނަށް ސީސީޓީވީ ފުޓޭޖް ނުލިބުނު!

އަހުމަދު ޝުރާއު

logo

4/28/2025, 4:56:36 PM

# ދިވެހި ފުލުހުންގެ ޙިދުމަތް# ޔުމްނު ވެއްޓުނު ހާދިސާ

--

މިމަހުގެ 18 ވަނަ ދުވަހު މާލެ އުސް އިމާރާތަކުން ފުރާޅެއްގެ މައްޗަށް ޒުވާނަކު ވެއްޓިފައި އޮތްވާ މައްސަލައާއި ގުޅިގެން އެޒުވާނާ އެރޭ ދިޔަ ކަމަށްބުނާ ޓްރާންސްޕޯޓު މިނިސްޓަރު މުހައްމަދު އަމީންގެ ގެއިން ސީސީޓީވީ ފުޓޭޖް ލިބިފައިނުވާކަމަށް ފުލުހުން ބުނެފި އެވެ.

Wamco

މާލޭގެ ގެއަކުން 21 އަހަރުގެ ޔުމްނު ރަޝީދު ވެއްޓުނު ހާދިސާއާއި މިނިސްޓަރު އަމީންގެ އާއިލާގެ ބައެއް ފަރާތްތަކާއި ގުޅުމެއް އޮތްކަން ވަނީ ހާމަވެފައި އެވެ. އަދި އެމައްސަލައާއި ގުޅިގެން މިނިސްޓަރު އަމީންގެ ގެ ކަމަށްވާ މއ. މާންދޫގޭދެކުނުގެ ފުލުހުން ވަނީ ކޯޓު އަމުރެއްގެ ދަށުން ބަލާފާސްކޮށްފައި އެވެ. ފުލުހުން މީގެ ކުރީން ހާމަކުރި މައުލޫމާތަށް ބަލާއިރު ޔުމްނު ވެއްޓުމުގެ ހާދިސާގެ ކުރިން އެ ރޭ އޭނާ ފުރަތަމަ ދިޔަ މއ. މާންދޫގޭދެކުނުގެއަށެވެ. އަދި އެގެއިން ޔުމްނު ނުކުތްކަމަށް ފުލުހުން ބުނަނީ އެރޭ 04:00 ޖަހަން އުޅެނިކޮށް ކަމަށެވެ.

އެރޭ އެގޭގައި މަސްތުވާތަކެއްޗާއިއެކު ޕާޓީ ކުރި ކަމުގެ ތުހުމަތު ކުރެވިފައި ވަނިކޮށް ފުލުހުން މިރޭ ބުނީ މާންދޫގެދެކުނުގޭގެ ސީސީޓީވީ ކެމެރާގެ ވީޑިއޯތައް ފުލުހުންނަކަށް ލިބިފައ ނުވާކަމަށާއި "ސީސީޓީވީ ކެމެރާ ހަލާކުވެފައިވާ ކަމަށް" ގޭގެ ވެރިފަރާތުން ފުލުހުންނަށް މައުލޫމާތު ދީފައިވާ ކަމަށެވެ. އަދި ވެރިފަރާތުން ބުނި ގޮތަށް ސީސީޓީވީ ކެމެރާ ހަލާކުވެފައިވޭތޯ ޔަގީން ކުރުމަށް ކުރެވެން ހުރި މަސައްކަތެއް ކޮށް، ފުޓޭޖު ނެތްކަން ފުލުހުން ވަނީ ކަށަވަރުކޮށްފައިކަމަށްވެސް ވަނީ ބުނެފައި އެވެ.

ޔުމްނު ވެއްޓުނު ހާދިސާ ހިނގި ހ. ފެންޓެނޯއި ގެއަށް އޭނާ އާއި އެމައްސަލާގައި ހައްޔަރުގައި މިހާރު ހުރި ރައުދު އަހުމަދު ޒިލާލް ދިޔުމުގެ ކުރިން މއ މާންދޫގޭދެކުނުގެ އިތުރުން ހ. ކަށިވެލިގެއަށް ދިޔަ އެވެ. ފެންޓެނޯއީގެއިން ޔުމްނު ވެއްޓުނުއިރު އޭނާއާ އެކު އުޅުނީ ރައުދު އެވެ.

މި މައްސަލައިގެ ފުޅާ ތަހުގީގެއް ކުރަމުން އަންނަ އިރު ފުލުހުން ވަނީ މި މައްސަލައާއި ގުޅުންހުރި 9 މީހެއްގެ ވަނަވަރު އާންމުކޮށްފައި އެވެ. އެގޮތުން އާންމުކުރި 9 މީހުންގެ ތެރޭގައި މާންދޫގޭދެކުނުގެއަށް ނިސްބަތްވާ ދެމީހަކު ހިމެނޭއިރު މައުލޫމާތު ލިބޭގޮތުގައި އެދެމީހުންނަކީވެސް މިނިސްޓަރު އަމީންގެ އާއިލީ ދެމީހުންނެވެ.

E living
ކޮމެންޓް
E living
ފަހުގެ
STELCO Inside