
އުނގޫފާރުގެ ބިން ހިއްކުމާއި ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަޝްރޫއު ބާރު ސްޕީޑެއްގައި ކުރިޔަށް!
# ރ އުނގޫފާރު# އެމްޓީސީސީ--
ރ އުނގޫފާރުގެ ބިން ހިއްކުމާއި ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަޝްރޫއު ބާރު ސްޕީޑެއްގައި ކުރިޔަށްދާކަމަށް މަޝްރޫއުގެ ކޮންޓްރެކްޓަރު އެމްޓީސީސީން ހާމަކޮށްފި އެވެ.

އެމްޓީސީސީން މިއަދު ވަނީ މި މަޝްރޫއުގެ އެންމެ ފަހުގެ އަދާހަމަ މައުލޫމާތު ހިއްސާކޮށްފައެވެ. އެގޮތުން އެކުންފުނިން ބުނީ މަޝްރޫއުގެ ދަށުން މިހާރު އެންމެ ހަލުވިކަމާއި އެކު ކުރިޔަށްދަނީ ރިވެޓްމަންޓް ޕްރޮފައިލިންގެ މަސައްކަތް ކަމަށެވެ. އެގޮތުން އެމަސައްކަތުގެ 26 އިންސައްތަ މަސައްކަތް މިހާތަނަށް ނިމިފައިވާ ކަމަށް އެކުންފުނީން ބުނެއެވެ.
އެމްޓީސީސީން އިތުރަށް ބުނީ މުޅި މަޝްރޫއުގެ ޖުމުލަ 68 އިންސައްތަ މިހާރު ނިމިފައިވާ ކަމަށެވެ.
މިދިޔަ އަހަރު އަމަލީ މަސައްކަތް ފެށި މި މަޝްރޫއުގެ ދަށުން ބިން ހިއްކުމުގެ މަސައްކަތް އެމްޓީސީސީން ނިންމާލި މި ހިނގާ އޭޕްރިލް މަހުގެ ތެރޭގައި އެވެ.
އެގޮތުން މި މަޝްރޫޢުގެ ދަށުން 10 ހެކްޓަރުގެ ބިން ވަނީ ހިއްކާފައެވެ. އަދި މި މަޝްރޫޢުގެ ދަށުން ގޮނޑުދޮށް ހިމާޔަތްކުރުމަށް 1150 މީޓަރުގެ ރިވެޓްމަންޓަކާއި 75 މީޓަރުގެ ހުރަސް ތޮށިލުމަށްވެސް ވަނީ ހަމަޖެހިފައެވެ.
ރ.އުނގޫފާރުގެ ގޮނޑުދޮށް ޙިމާޔަތްކުރުމުގެ މަޝްރޫޢުއަކީ ޑިޒައިން އެންޑް ބިލްޑް އުސޫލުން މުޅިން އަލަށް އެރަށުގައި ފަށާ މަސައްކަތެކެވެ. މި މަޝްރޫޢުގެ ދަށުން 120 މީޓަރުގެ ބޮޑުހިލައިގެ ބޭރު ތޮއްޓެއް ލުމާއި 110 މީޓަތުގެ ބޮޑުހިލައިގެ ގްރޮއިންސް ޖެހުން ހިމެނެއެވެ. އަދި ގިރާފައިވާ ސަރަޙައްދަށް ވެލި އަޅާ، އެ ސަރަޙައްދު އަލުން އިއާދަކުރުން ހިމެނެއެވެ.
މި މަސައްކަތް އެމްޓީސީސީއާއި ހަވާލުކޮށްފައިވަނީ 11.1 މިލިއަން ރުފިޔާއަށްށެވެ.
ގުޅުންހުރި

އުނގޫފާރުގެ ބިން ހިއްކުމާއި ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަޝްރޫއު ބާރު ސްޕީޑެއްގައި ކުރިޔަށް!

ގުރައިދޫ އެއާޕޯޓަށް ބިން ހިއްކުމުގެ މަސައްކަތް ބާރު ސްޕީޑެއްގައި ކުރިޔަށް!

މާޅޮހުގެ ދެ މަޝްރޫއުއެއްގެ އަމަލީ މަސައްކަތް ފެށުމަށް އެމްޓީސީސީން ތައްޔާރުވެއްޖެ
