
-
ތ. ގުރައިދޫ އެއާޕޯޓު ތަރައްގީ ކުރުމަށްޓަކައި އެރަށުގައި މިހާރު ކުރިޔަށްދާ ބިން ހިއްކުމާއި ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަޝްރޫއު ބާރު ސްޕީޑެއްގައި ކުރިޔަށްދާ ކަމަށް މަޝްރޫއުގެ ކޮންޓްރެކްޓަރު އެމްޓީސީސީން މިއަދު ބުނެފި އެވެ.

އެމްޓީސީސީން ވަނީ މި މަޝްރޫއުގެ އެންމެ ފަހުގެ އަދާހަމަ މައުލޫމާތު މިއަދު ހިއްސާކޮށްފައި އެވެ. އެގޮތުން އެކުންފުނީން ބުނީ އެމަޝްރޫއުގެ ދަށުންސޭންޑް ބަންޑް ހެދުމުގެ މަސައްކަތް 36 އިންސައްތަ މިހާރު ފުރިހަމަ ކުރެވިފައިވާ ކަމަށާއި ޕްރޮޖެކްޓް ސައިޓުގައި ޖިއޯބޭގް ފުންކުރުމުގެ މަސައްކަތް މިހާރު ދަނީ ކުރަމުން ކަމަށެވެ.
ތ. ގުރައިދޫގައި ތަރައްގީކުރުމަށް ނިންމާފައިވާ އެއާޕޯޓު އަޅާ ސަރަހައްދުގެ ބިން ހިއްކުމުގެ މަސައްކަތް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އާ ހަވާލުކުރީ މިދިޔަ އަހަރުގެ ނޮވެމްބަރު މަހުގެ ތެރޭގައި އެވެ.
މި މަޝްރޫއުގެ ދަށުން 378،350 ކިއުބިކް މީޓަރުގެ ބިން ހިއްކުމާއި 979 މީޓަރުގެ ސަރަޙައްދެއްގައި ރިވެޓްމަންޓް ޖެހުމާއި 609 މީޓަރުގެ ސަރަޙައްދެއްގައި ޖިއޯބޭގް ރެވެޓްމެންޓެއް ޖެހުމުގެ މަސައްކަތް އެމްޓީސީސީ ހަވާލުކޮށްފައި ވެއެވެ.
މި މަޝްރޫއަށް 106 މިލިއަން ރުފިޔާ ހަރަދު ކުރެއެވެ. މި މަސައްކަތް ނިންމަން ހަވާލުކޮށްފައިވަނީ 300 ދުވަސް ތެރޭގައެވެ.
ގުޅުންހުރި

އުނގޫފާރުގެ ބިން ހިއްކުމާއި ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަޝްރޫއު ބާރު ސްޕީޑެއްގައި ކުރިޔަށް!

ގުރައިދޫ އެއާޕޯޓަށް ބިން ހިއްކުމުގެ މަސައްކަތް ބާރު ސްޕީޑެއްގައި ކުރިޔަށް!

މާޅޮހުގެ ދެ މަޝްރޫއުއެއްގެ އަމަލީ މަސައްކަތް ފެށުމަށް އެމްޓީސީސީން ތައްޔާރުވެއްޖެ
