
--
ބ . މާޅޮހުގައި 2 މަޝްރޫއެއްގެ އަމަލީ މަސައްކަތް ފަށަން އެމްޓީސީސީން ތައްޔާރުވެއްޖެއެވެ.

އެމްޓީސީސީން މިއަދު ބުނީ އެކުންފުންޏާއި ހަވާލުކޮށްފައިވާ މާޅޮހުގެ ޕޮލިސް ޕޯސްޓުގެ މަސައްކަތާއި މިސްކިތެއް އިމާރާތްކުރުމުގެ މަޝްރޫއުގެ އަމަލީ މަސައްކަތް ފެށުމަށް މިހާރު ތައްޔާރުވަމުންދާ ކަމަށެވެ. އެގޮތުން އެދެމަޝްރޫއުއަށް ބޭނުންވާ ބިންތައް އެކުންފުންޏާއި ހަވާލުކޮށްފައިވާއިރު ބިންތައް ސާފު ކުރުމުގެ މަސައްކަތް މިހާރު އެކުންފުނީން ވަނީ ފަށާފައި އެވެ.
އެރަށުގައި ޕޮލިސް ޕޯސްޓެއް ތަރައްޤީކުރުމަށް ފުލުހުންގެ އިދާރާއިން ހަވާލުކުރި އިރު 500 މީހުންގެ ގާގައިގެ މިސްކިތެއް އިމާރާތް ކުރުމުގެ މަޝްރޫއު އެކުންފުންޏާއި ހަވާލުކުރީ އިސްލާމިކް މިނިސްޓްރީންނެވެ.
އެމްޓީސީސީން ބުނީ 770 މީހުންގެ އާބާދީއެއް ދިރިއުޅޭ ބ. މާޅޮހުގައި މިފެށޭ މަޝްރޫއުތަކުގެ މަސައްކަތް ފުރިހަމަކުރެވުމާއެކު އުމްރާނީ ގޮތުންނާއި އިޖުތިމާއީ ގޮތުން ގިނަގުނަ މަންފާތަކަކާއި ފަސޭހަތަކެއް އެރަށުގެ ރައްޔިތުންނަށް ލިބިގެންދާނެ ކަމަށެވެ.
ރާއްޖޭގެ އެކި ސަރަހައްދުތަކުގެ ރަށްރަށުގައި ރައްޔިތުންނަށް ކޮންމެހެން ބޭނުންވާ ޒަރޫރީ ކަންކަމާ ގުޅުންހުރި ވަރަށް ގިނަ މަޝްރޫއުތައް ހުރީ ނުފެށި ނުވަތަ ކޮންމެވެސް ސަބަބަކާ ހެދި ހުއްޓިފައެވެ. އެކަމުގެ ސަބަބުން ރައްޔިތުންގެ މެދުގައި އުފެދިފައިވާ ކަންބޮޑުވުންތަކަށް އަވަސް ހައްލެއް ގެނައުމުގެ ގޮތުނ،ް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ އިސްނެންގެވުމާއި ހާއްސަ އިރުޝާދުފުޅުގެ ދަށުން މިފަދަ ގިނަ މަޝްރޫއުތަކެއްގެ މަސައްކަތް ނިންމުމުށް އެމްޓީސީސީއާ ވަނީ ހަވާލުކޮށްފައެވެ.
ގުޅުންހުރި

އުނގޫފާރުގެ ބިން ހިއްކުމާއި ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަޝްރޫއު ބާރު ސްޕީޑެއްގައި ކުރިޔަށް!

ގުރައިދޫ އެއާޕޯޓަށް ބިން ހިއްކުމުގެ މަސައްކަތް ބާރު ސްޕީޑެއްގައި ކުރިޔަށް!

މާޅޮހުގެ ދެ މަޝްރޫއުއެއްގެ އަމަލީ މަސައްކަތް ފެށުމަށް އެމްޓީސީސީން ތައްޔާރުވެއްޖެ
