
ގއ އަތޮޅު ސްކޫލުގެ މަލްޓި ޕާޕަސް ހޯލްގެ އަމަލީ މަސައްކަތް ފެށުމަށް އެމްޓީސީސީން ތައްޔާރުވެއްޖެ
# އެމްޓީސީސީ--
ގއ އަތޮޅު ސްކޫލުގެ މަލްޓި ޕާޕަސް ހޯލްގެ އަމަލީ މަސައްކަތް ފެށުމަށް އެމްޓީސީސީން ތައްޔާރުވެއްޖެ އެވެ.

އެމްޓީސީސީން މިއަދު ބުނީ ގއ. ކޮލަމާފުށީގައި ހުންނަ ގއ . އަތޮޅު ސްކޫލްގައި މަލްޓި ޕާޕަސް ހޯލެއް އިމާރާތްކުރުމުގެ އަމަލީ މަސައްކަތް ފަށަން އެމްޓީސީސީން މިހާރު ތައްޔާރުވެފައިވާ ކަމަށެވެ.
އެގޮތުން 1,850 މީހުންގެ އާބާދީއެއް ދިރިއުޅޭ ގއ. ކޮލަމާފުށީގައި ހުންނަ ގއ. އަތޮޅު ސްކޫލުގައި 8,637 އަކަފޫޓުގެ 2 ފަންގިފިލާ ހިމެނޭ މަލްޓި ޕާޕަސް ހޯލުގެ މަސައްކަތް ނިމުމުން ގިނަގުނަ މަންފާތަކަކާއި ފަސޭހަތަކެއް ގއ. އަތޮޅު ސްކޫލްގެ މެނޭޖްމަންޓަށާއި ތައުލީމު އުނގެނޭ ދަރިވަރުންނާއި އަދި ކިޔަވައިދެއްވަމުން ގެންދަވާ މުދައްރިސުންނަށް ލިބިގެންދާނެ ކަމަށް އެކުންފުނީން ބުނެއެވެ.
ރާއްޖޭގެ އެކި ސަރަހައްދުތަކުގެ ރަށްރަށުގައި ރައްޔިތުންނަށް ކޮންމެހެން ބޭނުންވާ ޒަރޫރީ ކަންކަމާ ގުޅުންހުރި ވަރަށް ގިނަ މަޝްރޫއުތައް ހުރީ ނުފެށި ނުވަތަ ކޮންމެވެސް ސަބަބަކާ ހެދި ހުއްޓިފައެވެ. އެކަމުގެ ސަބަބުން ރައްޔިތުންގެ މެދުގައި އުފެދިފައިވާ ކަންބޮޑުވުންތަކަށް އަވަސް ހައްލެއް ގެނައުމުގެ ގޮތުނ،ް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ އިސްނެންގެވުމާއި ހާއްސަ އިރުޝާދުފުޅުގެ ދަށުން މިފަދަ ގިނަ މަޝްރޫއުތަކެއްގެ މަސައްކަތް ނިންމުމުށް އެމްޓީސީސީއާ ވަނީ ހަވާލުކޮށްފައެވެ.
ގުޅުންހުރި

އުނގޫފާރުގެ ބިން ހިއްކުމާއި ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަޝްރޫއު ބާރު ސްޕީޑެއްގައި ކުރިޔަށް!

ގުރައިދޫ އެއާޕޯޓަށް ބިން ހިއްކުމުގެ މަސައްކަތް ބާރު ސްޕީޑެއްގައި ކުރިޔަށް!

މާޅޮހުގެ ދެ މަޝްރޫއުއެއްގެ އަމަލީ މަސައްކަތް ފެށުމަށް އެމްޓީސީސީން ތައްޔާރުވެއްޖެ
