logoEN
Sto top
ވެމްކޯގެ ހިދުމަތްތައް އިތުރަށް ހަރުދަނާކުރުމަށް މަޝްވަރާކޮށްފި

ވެމްކޯގެ ހިދުމަތްތައް އިތުރަށް ހަރުދަނާކުރުމަށް މަޝްވަރާކޮށްފި

އަހުމަދު ޝުރާއު

logo

5/7/2025, 5:23:13 PM

# ވެމްކޯ

--

މިނިސްޓަރ އޮފް ޓޫރިޒަމް އެންޑް އެންވަޔަރަމަންޓް ޠާރިޤް އިބްރާހީމް ވޭސްޓް މެނޭޖްމަންޓް ކޯޕަރޭޝަން (ވެމްކޯ) ގެ މައި އޮފީހަށް ޒިޔާރަތްކުރައްވައިފިއެވެ.

Wamco

މިނިސްޓްރީއިން ބުނީ މި ޒިޔާރަތުގައި މިނިސްޓަރ ޠާރިޤް، ވެމްކޯގެ މެނޭޖިންގ ޑިރެކްޓަރ މުޖުތަބާ ޖަލީލް އަދި އިސް މެނޭޖްމަންޓް ޓީމާ ބައްދަލުކުރައްވައި، ސިޔާސަތުތަކާ ގުޅޭ މަޝްވަރާތަކެއް ކުރިޔަށް ގެންގޮސްފައިވާ ކަމަށެވެ.

ސާފު ރާއްޖެ ބިލްޑިންގގައި ހުންނަ ވެމްކޯގެ މައި އޮފީހުގައި ކުރިއަށް ގެންދެވުނު މި ބައްދަލުވުމުގައި، ރާއްޖޭގެ އެކި ސަރަޙައްދުތަކުގައި ވެމްކޯއިން ކުރިއަށް ގެންދާ މަސައްކަތްތައް އިތުރަށް ހަރުދަނާކުރުމާ ގުޅޭގޮތުން މައިގަނޑު ގޮތެއްގައި މަޝްވަރާކުރެވުނު ކަމަށާއި މީގެ އިތުރުން، ކުނި މެނޭޖްކުރުމުގެ ދާއިރާގައި ދިމާވާ ގޮންޖެހުންތަކާއި، އެ ގޮންޖެހުންތައް ޙައްލުކުރުމަށް އެޅިދާނެ ފިޔަވަޅުތަކާ ބެހޭގޮތުންވެސް މަޝްވަރާކޮށްފައިވާ ކަމަށް މިނިސްޓްރީން ބުނެއެވެ.

މިނިސްޓަރ ޠާރިޤްގެ މި ޒިޔާރަތަކީ، ކުނި މެނޭޖްކުރުމުގެ ދާއިރާގައި ގެންނަން ބޭނުންވާ ބަދަލުތަކާ ގުޅޭގޮތުން މަޝްވަރާކުރުމަށް ކުރެވުނު ޒިޔާރަތެއް ކަމަށާއި މި ބައްދަލުވުމުގެ ސަބަބުން ރާއްޖޭގެ ތިމާވެށި ރައްކާތެރިކުރުމަށް ކުރެވޭ މަސައްކަތްތައް އިތުރަށް ހަރުދަނާވެގެންދާނެ ކަމަށް މިނިސްޓްރީން ބުނެއެވެ.

E living
ކޮމެންޓް
E living
ފަހުގެ
STELCO Inside