
5 މިލިއަން ގަސް އިންދުމުގެ މަޝްރޫއު: ވެމްކޯއިން ތިނަދޫގައި ގަސް އިންދުމުގެ ހަރަކާތެއް ކުރިޔަށް ގެންގޮސްފި
# ވެމްކޯ--
ވޭސްޓް މެނޭޖްމެންޓު ކޯޕަރޭޝަން، ވެމްކޯއިން ތިނަދޫ ސިޓީގައި ގަސް އިންދުމުގެ ހަރަކާތެއް ކުރިޔަށް ގެންގޮސްފި އެވެ.

ވެމްކޯއިން ބުނީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ވަޢުދުފުޅާ އެއްގޮތަށް ކުރިއަށްގެންދެވޭ 5 މިލިއަން ގަސް އިންދުމުގެ މަޝްރޫޢުގެ ދަށުން، ތިނަދޫގައި ހުންނަ ވެމްކޯގެ ސައިޓުގައި ޚާއްސަ ގަސް އިންދުމުގެ ޙަރަކާތެއް ކުރިޔަށް ގެންގޮސްފައިވާ ކަމަށެވެ.
އެގޮތުން މިދިޔަ ހަފްތާގައި ކުރިޔަށް ގެންދިޔަ މި ހަރަކާތުގައި ތިނަދޫގެ ވެމްކޯގައި މަސައްކަތްކުރާ މުވައްޒަފުންނާއި ވެމްކޯ ތިނަދޫ ސައިޓުގެ އިސްވެރިން ވަނީ ބައިވެރިވެފައި އެވެ.
އެގޮތުން މި ޙަރަކާތަކީ ވެމްކޯ އާއި ފަތުރުވެރިކަމާއި، ތިމާވެއްޓާއި ބެހޭ ވުޒާރާއި އެކު ސޮއިކުރެވިފައިވާ ފަހުމުނާމާގެ ދަށުން ކުރިއަށް ގެންދެވުނު ހަރަކާތެއް ކަމަށް ވެމްކޯއިން ބުނެއެވެ.
މި ހަރަކާތާއި ގުޅޭގޮތުން ވެމްކޯގެ މެނޭޖިން ޑިރެކްޓަރު ވިދާޅުވީ އެކުންފުނީގެ ސައިޓްތައްހުރި އަތޮޅުތެރޭގެ ރަށްރަށުގައިވެސް ސިލްސިލާ ގޮތެއްގައި މި ޕްރޮގްރާމް ކުރިއްދާނެ ކަމަށެވެ.
ގުޅުންހުރި

ވެމްކޯ ޑިރެކްޓަރުންގެ ބޯޑަށް އިތުރު މެމްބަރަކު އައްޔަނުކޮށްފި

ކޮންޓޭނަރެއްގެ ތެރެއަށް ވެއްޓި ހާލު ސީރިއަސްވި މުވައްޒަފުގެ ހާލު އަންނަނީ ރަނގަޅުވަމުން، ވެންޓިލޭޓަރުން މިހާރު ނަގައިފި - ވެމްކޯ

ކޮންޓޭނަރެއްގެ ތެރެއަށް ވެއްޓި ހާލު ސީރިއަސްވި މުވައްޒަފުގެ ހާލަތު މިދަނީ ގާތުން ބަލަމުން - ވެމްކޯ




