
-
ވެމްކޯ އިން މިދިޔަ އަހަރު ފެށި "ހޮބާ" ހިދުމަތާއި ސަގާފީ ތަރިކަ ރައްކާތެރިކުރާ ޤައުމީ މަރުކަޒުން ގުޅިއްޖެ އެވެ.

ހޮބާ ހިދުމަތް ހޯދުމާއި ބެހޭ އެއްބަސްވުމެއްގައި އެމަރުކަޒުން މިއަދު ވަނީ ވެމްކޯއާއި އެކު ޙާއްސަ އެއްބަސްވުމެއްގައި ސޮއިކޮށްފައި އެވެ.
މިގޮތުން މި އެއްބަސްވުމުގައި ވެމްކޯގެ ފަރާތުން ސޮއިކުރެއްވީ ވެމްކޯގެ މެނޭޖިންގ ޑިރެކްޓަރު މުޖުތަބާ ޖަލީލް އެވެ.
ވެމްކޯއިން ބުނީ މި އެއްބަސްވުމުގެ ދަށުން ތަރިކައިގެ ތަންތަން ބެލެހެއްޓުމުގައި އެޙީތެރިވުމާއި، ޤައުމީ ދާރުލްއާސާރު ފޮޅާ ސާފުކުރުމުގެ ޚިދުމަތް ދެވިގެން ދާނެ ކަމަށެވެ.
ހޮބާ ހިދުމަތަކީ ވެމްކޯއިން ދެމުންދާ ހިދުމަތްތައް ފުޅާކުރުމަށްޓަކައި ސަރުކާރުގެ އޮފީސްތަކާއި އަމިއްލަ ވިޔަފާރިތަކަށްވެސް ޚާއްސަކޮށްގެން އެކުންފުނިތަކުގެ އޮފީސްތަކާއި އިމާރާތްތައް ފޮޅާ ސާފުކުރުމަށްޓަކައި ފެށި ހިދުމަތެކެވެ. ހޮބާގެ ނަމުގައި ވެމްކޯއިން ހިދުމަތްދޭން ފެށީ މިދިޔަ އަހަރުގެ ތެރޭގައި އެވެ. އެގޮތުން މި ހިދުމަތް މިހާރުވެސް ވެމްކޯއިން ދަނީ 30 އަށްވުރެ ގިނަ ކުންފުންޏާއި މުވައްސަސާއަށް ފޯރުކޮށްދެމުންނެވެ.
ގުޅުންހުރި

ވެމްކޯ ޑިރެކްޓަރުންގެ ބޯޑަށް އިތުރު މެމްބަރަކު އައްޔަނުކޮށްފި

ކޮންޓޭނަރެއްގެ ތެރެއަށް ވެއްޓި ހާލު ސީރިއަސްވި މުވައްޒަފުގެ ހާލު އަންނަނީ ރަނގަޅުވަމުން، ވެންޓިލޭޓަރުން މިހާރު ނަގައިފި - ވެމްކޯ

ކޮންޓޭނަރެއްގެ ތެރެއަށް ވެއްޓި ހާލު ސީރިއަސްވި މުވައްޒަފުގެ ހާލަތު މިދަނީ ގާތުން ބަލަމުން - ވެމްކޯ




