
5 މިލިއަން ގަސް އިންދުމުގެ މަޝްރޫއު: ވެމްކޯއިން ކުޅުދުއްފުށީގައި ގަސް އިންދުމުގެ ހަރަކާތެއް ކުރިޔަށް ގެންގޮސްފި
# ވެމްކޯ-
ވޭސްޓް މެނޭޖްމެންޓު ކޯޕަރޭޝަން، ވެމްކޯއިން ކުޅުދުއްފުށީ ސިޓީގައި ގަސް އިންދުމުގެ ހަރަކާތެއް ކުރިޔަށް ގެންގޮސްފި އެވެ.

ވެމްކޯއިން ބުނީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ވަޢުދުފުޅާ އެއްގޮތަށް ކުރިއަށްގެންދެވޭ 5 މިލިއަން ގަސް އިންދުމުގެ މަޝްރޫޢުގެ ދަށުން، ކުޅުދުއްފުށީގައި ހުންނަ ވެމްކޯ ސައިޓުގައި ޚާއްސަ ގަސް އިންދުމުގެ ޙަރަކާތެއް ކުރިޔަށް ގެންގޮސްފައިވާ ކަމަށެވެ.
އެގޮތުން މިދިޔަ ހަފްތާގައި ކުރިޔަށް ގެންދިޔަ މި ހަރަކާތުގައި އެސިޓީގެ ވެމްކޯގައި މަސައްކަތްކުރާ މުވައްޒަފުންނާއި ވެމްކޯ ކުޅުދުއްފުށީ ސައިޓުގެ އިސްވެރިން ވަނީ ބައިވެރިވެފައި އެވެ.
މި ޙަރަކާތަކީ ވެމްކޯ އާއި ފަތުރުވެރިކަމާއި، ތިމާވެއްޓާއި ބެހޭ ވުޒާރާއި އެކު ސޮއިކުރެވިފައިވާ ފަހުމުނާމާގެ ދަށުން ކުރިއަށް ގެންދެވުނު ހަރަކާތެއް ކަމަށް ވެމްކޯއިން ބުނެއެވެ.
މި ހަރަކާތާއި ގުޅޭގޮތުން ވެމްކޯގެ މެނޭޖިން ޑިރެކްޓަރު ވިދާޅުވީ އެކުންފުނީގެ ސައިޓްތައްހުރި އަތޮޅުތެރޭގެ ރަށްރަށުގައިވެސް ސިލްސިލާ ގޮތެއްގައި މި ޕްރޮގްރާމް ކުރިއްދާނެ ކަމަށެވެ.
ގުޅުންހުރި

5 މިލިއަން ގަސް އިންދުމުގެ މަޝްރޫއު: ވެމްކޯއިން ކުޅުދުއްފުށީގައި ގަސް އިންދުމުގެ ހަރަކާތެއް ކުރިޔަށް ގެންގޮސްފި

ވެމްކޯގެ ހޮބާ ހިދުމަތް އާސަންދައިގެ އޮފީސްތަކަށް ދިނުމަށް ސޮއިކޮށްފި

ވެމްކޯގެ ހޮބާ ހިދުމަތް ސަގާފީ ތަރިކަ ރައްކާތެރިކުރާ ޤައުމީ މަރުކަޒަށް!
