
--
ވެމްކޯ އިން މިދިޔަ އަހަރު ފެށި "ހޮބާ" ހިދުމަތާއި އާސަންދަ ކޮންޕެނީ ލިމިޓެޑުން ގުޅިއްޖެ އެވެ.

ހޮބާ ހިދުމަތް ހޯދުމާއި ބެހޭ އެއްބަސްވުމެއްގައި އާސަންދައިން މިއަދު ވަނީ ވެމްކޯއާއި އެކު ޙާއްސަ އެއްބަސްވުމެއްގައި ސޮއިކޮށްފައި އެވެ. މިގޮތުން މި އެއްބަސްވުމުގައި ވެމްކޯގެ ފަރާތުން ސޮއިކުރެއްވީ ވެމްކޯގެ މެނޭޖިންގ ޑިރެކްޓަރު މުޖުތަބާ ޖަލީލް އެވެ. އަދި އާސަންދައިގެ ފަރާތުން ސޮއިކުރެއްވީ އެކުންފުނީގެ މެނޭޖިންގ ޑިރެކްޓަރު އައިމިނަތު ޒީނިއާ އެވެ.
ވެމްކޯއިން ބުނީ މި އެއްބަސްވުމުގެ ދަށުން އާސަންދައިގެ އޮފީސްތައް ފޮޅާ ސާފުކުރުމުގެ ޚިދުމަތް ދެވިގެން ދާނެ ކަމަށެވެ.
ހޮބާ ހިދުމަތަކީ ވެމްކޯއިން ދެމުންދާ ހިދުމަތްތައް ފުޅާކުރުމަށްޓަކައި ސަރުކާރުގެ އޮފީސްތަކާއި އަމިއްލަ ވިޔަފާރިތަކަށްވެސް ޚާއްސަކޮށްގެން އެކުންފުނިތަކުގެ އޮފީސްތަކާއި އިމާރާތްތައް ފޮޅާ ސާފުކުރުމަށްޓަކައި ފެށި ހިދުމަތެކެވެ. ހޮބާގެ ނަމުގައި ވެމްކޯއިން ހިދުމަތްދޭން ފެށީ މިދިޔަ އަހަރުގެ ތެރޭގައި އެވެ.
އެގޮތުން މި ހިދުމަތް މިހާރުވެސް ވެމްކޯއިން ދަނީ 30 އަށްވުރެ ގިނަ ކުންފުންޏާއި މުވައްސަސާއަށް ފޯރުކޮށްދެމުންނެވެ.
ގުޅުންހުރި

5 މިލިއަން ގަސް އިންދުމުގެ މަޝްރޫއު: ވެމްކޯއިން ކުޅުދުއްފުށީގައި ގަސް އިންދުމުގެ ހަރަކާތެއް ކުރިޔަށް ގެންގޮސްފި

ވެމްކޯގެ ހޮބާ ހިދުމަތް އާސަންދައިގެ އޮފީސްތަކަށް ދިނުމަށް ސޮއިކޮށްފި

ވެމްކޯގެ ހޮބާ ހިދުމަތް ސަގާފީ ތަރިކަ ރައްކާތެރިކުރާ ޤައުމީ މަރުކަޒަށް!
