
ބީއެމްއެލްގެ ވިސާކާޑުން ވިޔަފާރިކޮށްގެން އާއިލާއާއެކު މެލޭޝިއާއަށް ދަތުރެއް ލިބޭ ޕްރޮމޯޝަނެއް!
# ބީއެމްއެލް--
ބޭންކް އޮފް މޯލްޑިވްސް އިން ދޫކޮށްފައިވާ ވިސާކާޑުން ވިޔަފާރިކޮށްގެން އަގުހުރި އިނާމެއް ލިބޭ ޕްރޮމޯޝަނެއް ބީއެމްއެލްއިން ފަށައިފި އެވެ.

ބީއެމްއެލުން މިއަދު ބުނީ އެބޭންކުން ދޫކޮށްފައިވާ ވިސާކާޑުން ވިޔަފާރިކޮށްގެން ބީއެމްއެލް ޕީއޯއެސް މެޝިން މެދުވެރިކޮށް ފައިސާދައްކައިގެން އާއިލާއާއެކު މެލޭޝިއާއަށް ދަތުރެއް ލިބޭ ޕްރޮމޯޝަނެއް ފަށާފައިވާ ކަމަށެވެ.
އެގޮތުން މި ޕްރޮމޯޝަނުގެ މުއްދަތުގައި ހަތަރު އާއިލާއެއް ހޮވާނެކަމަށް ބޭންކުން ބުނެއެވެ. މި ޕްރޮމޯޝަންގެ ނަސީބުވެރި ފަރާތްތަކަށް މެލޭޝިއާއަށް 4 މީހުންގެ ދެކޮޅު ޓިކެޓާއި 4 ދުވަހުގެ ހުރުމުގެ އިތުރުން ދަތުރުގައި ބޭނުންކުރުމަށް 500 ޑޮލަރު ލިބިގެންދާނެ ކަމަށްވެސް ބީއެމްއެލްއިން ބުނެއެވެ.
ޕްރޮމޯޝަނުގެ މުއްދަތުގައި ޖުމްލަ 5،000 ރުފިޔާގެ ވިޔަފާރި ކުރުމުން މި ޕްރޮމޯޝަނުގައި ބައިވެރިވެވޭނެއެވެ.
މި ޕްރޮމޯޝަން ކުރިއަށް ދާނީ 4 ޖޫންގެ ނިޔަލަށެވެ.
ގުޅުންހުރި
.jpg&w=3840&q=75)
ބީއެމްއެލްގެ ޕޮސް މެޝިންތަކުން ކުރާ މުއާމަލާތަކުން ވަކި އަދަދެއް ރާއްޖޭގެ ތިމާވެށި ހިމާޔަތްކުރުމަށް ހޭދަކުރަނީ

ހިޔާވެހި ފައިނޭންސް ލޯނުތައް ދޫކުރުމަށް ބީއެމްއެލްއާއިއެކު ސޮއިކޮށްފި

ފަސޭހައިން ކާޑު ހަވާލުކުރެވޭ ގޮތަށް މެއިލިންގ އެޑްރެސް އަޕްޑޭޓްކުރުމަށް ބީއެމްއެލް އިން އެދިއްޖެ
