logoEN
Sto top
 ފަރެސްމާތޮޑާގައި ފުޓްބޯޅަ ދަނޑުގެ އަމަލީ މަސައްކަތް ފެށުމަށް އެމްޓީސީސީން ތައްޔާރުވެއްޖެ

ފަރެސްމާތޮޑާގައި ފުޓްބޯޅަ ދަނޑުގެ އަމަލީ މަސައްކަތް ފެށުމަށް އެމްޓީސީސީން ތައްޔާރުވެއްޖެ

އަހުމަދު ޝުރާއު

logo

5/5/2025, 5:32:57 PM

# އެމްޓީސީސީ

--

ގދ. ފަރެސްމާތޮޑާގައި ފުޓްބޯޅަ ދަނޑެއް ތަރައްގީކުރުމުގެ އަމަލީ މަސައްކަތް ފެށުމަށް އެމްޓީސީސީން ތައްޔާރުވެއްޖެއެވެ.

Wamco

އެމްޓީސީސީސީން މިއަދު ބުނީ ، 1,800 މީހުންގެ އާބާދީއެއް ހިމެނޭ ގދ. ފަރެސްމާތޮޑާގައި އޮންނަ ފުޓްބޯޅަ ދަނޑު ތަރައްގީ ކުރެވުމާއެކު އިޖުތިމާއީ ގޮތުން ގިނަގުނަ މަންފާތަކަކާއި ފަސޭހަތަކެއް އެ ރަށު ރައްޔިތުންނަށް ލިބިގެންދާނެ ކަމަށެވެ. މި މަޝްރޫއުގެ އަމަލީ މަސައްކަތް ފެށުމަށްޓަކައި އެރަށުގެ ކައުންސިލުން މިހާރު ވަނީ މަޝްރޫއު ހިންގާ ބިން އެމްޓީސީސީ އާއި ހަވާލުކޮށްފައި އެވެ.

އަދި މަޝްރޫއަށް ބޭނުންވާ އުޅަނދުތައް އެރަށަށް މިހާރު ގެންގޮސްފައިވާއިރު ޕްރޮޖެކްޓު ސައިޓު ވަނީ މޯބަލައިޒްކޮށްފައި އެވެ.،

ފީފާއިން ކަނޑައަޅާފައިވާ ފެންވަރުގެ ޓާފެއް އެޅުމާއި ގޯލް ޕޯސްޓު ހަރުކުރުމާއި ފެންސެއް ޖެހުމާއި އަދި 4 ބެންޗު ބެހެއްޓުމުގެ މަސައްކަތް މި މަޝްރޫއުގައި ހިމެނެއެވެ.

ރާއްޖޭގެ އެކި ސަރަހައްދުތަކުގެ ރަށްރަށުގައި ރައްޔިތުންނަށް ކޮންމެހެން ބޭނުންވާ ޒަރޫރީ ކަންކަމާ ގުޅުންހުރި ވަރަށް ގިނަ މަޝްރޫއުތައް ހުރީ ނުފެށި ނުވަތަ ކޮންމެވެސް ސަބަބަކާ ހެދި ހުއްޓިފައެވެ. އެކަމުގެ ސަބަބުން ރައްޔިތުންގެ މެދުގައި އުފެދިފައިވާ ކަންބޮޑުވުންތަކަށް އަވަސް ހައްލެއް ގެނައުމުގެ ގޮތުނ،ް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ އިސްނެންގެވުމާއި ހާއްސަ އިރުޝާދުފުޅުގެ ދަށުން މިފަދަ ގިނަ މަޝްރޫއުތަކެއްގެ މަސައްކަތް ނިންމުމުށް އެމްޓީސީސީއާ ވަނީ ހަވާލުކޮށްފައެވެ.

E living
ކޮމެންޓް
E living
ފަހުގެ
STELCO Inside