
އުފެއްދުންތެރި މަސައްކަތްތެރި ޖީލެއް ބިނާކުރުމަށް ތަމްރީނުތަށް ހިންގުމާއި ގުޅޭ އެއްބަސްވުމެއްގައި ސޮއިކޮށްފި
# ހަޔާ އެޑިއުކޭޝަން މިނިސްޓްރީ--
މަތީ ތަޢުލީމާއި މަސައްކަތްތެރިކަމާއި ހުނަރުވެރިކަން ތަރައްޤީކުރުމާއި ބެހޭ ވުޒާރާއާއި ސިމްޑީ ގްރޫޕާއި ދެމެދު އުފެއްދުންތެރި މަސައްކަތްތެރިންގެ ޖީލެއް ބިނާކުރުމުގެ ގޮތުން ތަމްރީނުތަށް ހިންގުމަށް އަމާޒުކޮށް އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ.

މި އެއްބަސްވުމުގައި، މަތީ ތަޢުލީމާއި މަސައްކަތްތެރިކަމާއި ހުނަރުވެރިކަން ތަރައްޤީކުރުމާއި ބެހޭ ވުޒާރާގެ ފަރާތުން ސޮއިކުރައްވާފައިވަނީ އެ ވުޒާރާގެ ޕަރމަނަންޓް ސެކްރެޓަރީ، އައިޝަތި ހިކްމާއެވެ. އަދި ސިމްޑި ގްރޫޕްގެ ފަރާތުން އެ ކުންފުނީގެ ސީނިއަރ މެނޭޖަރ ހިއުމަން ރިސޯސަސް އެންޑް ޑިވެލޮޕްމަންޓް އައިމިނަތު ޝައްފާއު ވަނީ މި އެއްބަސްވުމުގައި ސޮއިކުރައްވާފައެވެ.
04 މެއި 2025ގައި ސޮއި ކުރެވުނު މި އެއްބަސްވުމުގެ މަޤްޞަދަކީ މަސައްކަތްތެރިންގެ އުފެއްދުންތެރިކަން އިތުރުކުރުމަށް ސަސްޓެއިނަބަލް އެންޑް އިންޓެގްރޭޓެޑް ލޭބަރ ސަރވިސަސް (ސެއިލްސް) ޕްރޮޖެކްޓްގެ އެހީއާއެކު، ނޭޝަނަލް ކެރިއަރސް ސާރވިސް (އެންސީއެސް) މެދުވެރިކޮށް، ދަރިވަރުންނަށާއި، މަސައްކަތްތެރިންނަށް ފަޒީފާއާއި ތަމްރީނުގެ ފުރުޞަތުތަށް ފަހިކޮއްދިނުމެވެ.
އެ ގޮތުން،ކެރިއަރ ގައިޑަންސް ފުޅާދާއިރާއެއްގައި ފޯރުކޮށްދިނުމާއި، މަސައްކަތްތެރިން ވަޒީފާގެ ބާޒާރަށް ނެރުމަށްޓަކައި ތައްޔާރުކުރުމަށް ސިމްޑީ ގްރޫޕްގެ ދަށުން ހިންގާ އޮފީސްތަކާއި ވިޔަފާރި އައުޓްލެޓްތަކުގައި އެޕްރެންޓިސްޝިޕް އަދި އިންޓަރންޝިޕް ފުރުޞަތުތައް ފަހިކޮށްދިނުމާއި، އެކަށީގެންވާ ފަރާތްތަކަށް ވަޒީފާ ދިނުމުގައި އެހީތެރިވެދިނުމާއި، ވަޒީފާގެ މާހައުލުގައި ރަނގަޅު ކުރެވިދާނެކަންތައް ފާހަގަކޮށް ހޭލުންތެރިކަން އިތުރުކުރުމުގެ ޙަރަކާތްތައް ކުރިއަށްގެންދިއުމެވެ.
މީގެ އިތުރުން މި އެއްބަސްވުމުގެ ދަށުން ކުރެވޭ މަސައްކަތްތަކުގައި އަންހެނުންނަށް ވަޒީފާގެ ފުރުޞަތުތައް ފަހިކުރަން ބާރުއެޅުމަށް ޚާއްޞަކަން ދިނުމަށް އެއްބަސްވެވިފައިވެއެވެ.
ގުޅުންހުރި

އުފެއްދުންތެރި މަސައްކަތްތެރި ޖީލެއް ބިނާކުރުމަށް ތަމްރީނުތަށް ހިންގުމާއި ގުޅޭ އެއްބަސްވުމެއްގައި ސޮއިކޮށްފި

ރާއްޖޭގެ ފުރުތަމަ މެޑިކޯ-ލީގަލް ކޮންފެރެންސް ފެށިގެން ކުރިޔަށް!

ސެއިލްސް ޕްރޮޖެކްޓުގެ އަޕްސްކްލިންގ ޕްރޮގްރާމް ލޯންޗްކޮއްފި
