
--
ވެރިރަށް، މާލޭގައި 40 އަހަރުގެ މީހަކަށް ވަޅިން ހަމަލާދީ ޒަހަމްކޮށްލައިފި އެވެ.

ފުލުހުން މިރޭ ބުނީ 8:35 ހާއިރު ސަބުދެލިމަގު ޗާންދަލިއާ ކައިރީގައި ހުރި އުމުރުން 40 އަހަރުގެ ދިވެހި ފިރިހެނެއްގެ ގަޔަށް ވަޅިން ހަމަލާދީ ޒަހަމްކޮށްލާފައިވާ މައްސަލައެއް ރިޕޯޓުކޮށްފައިވާ ކަމަށެވެ.
ޒަހަމްވި މީހާއަށް ލިބުނު އަނިޔާތަކުގެ ތަފްސީލް އަދި މިހާތަނަށް ފުލުހުން ހާމަކޮށްފައި ނުވެއެވެ. ޒަހަމްވެފައިވާ މީހާއަކީ މަސްތުވާތަކެތީގެ ރެކޯޑު އޮންނަ މީހެއް ކަމަށްވެސް ފުލުހުން ވަނީ ބުނެފައި އެވެ.
ފުލުހުން ބުނީ މި މައްސަލައާއި ގުޅިގެން ބަލަންޖެހޭ ކަންކަން މިހާރު ބަލަމުން އަންނަ ކަމަށެވެ.