logoEN
Sto top
މަސްތުވާތަކެތީގެ މައްސަލައެއްގައި ވިލިމާލެއިން މީހަކު ހައްޔަރުކޮށްފި

މަސްތުވާތަކެތީގެ މައްސަލައެއްގައި ވިލިމާލެއިން މީހަކު ހައްޔަރުކޮށްފި

އަހުމަދު ޝުރާއު

logo

5/5/2025, 1:11:24 PM

# ދިވެހި ފުލުހުންގެ ޙިދުމަތް

--

ވިލިމާލޭގައި މަސްތުވާތަކެތި ބޭނުންކޮށް އެ ތަކެތީގެ ވިޔަފާރިކުރާކަމަށް ލިބުނު މައުލޫމާތަކާ ގުޅިގެން ހިންގި އޮޕަރޭޝަނުގައި މީހަކު ހައްޔަރުކޮށްފިއެވެ.

Wamco

ފުލުހުން މިއަދު ބުނީ މި މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައިވަނީ ވ. ޝިވިލްގޯ ޢަބްދުﷲ ފާރިޝް (36އ) ކަމަށެވެ.

އެގޮތުން މި ހިނގާ މެއި މަހުގެ 3 ވަނަ ދުވަހު ހިންގި މި އޮޕަރޭޝަނުގައި، އޭނާ ދިރިއުޅޭ ގެ ބަލައި ފާސްކުރިއިރު މަސްތުވާތަކެތިކަމަށް ޝައްކުކުރެވޭ އެއްޗެއް ހުރި 11 ސެލޯފިންކޮޅާއި ރަބަރު ޕެކެޓެއް ފެނިފައިވާކަމަށް ފުލުހުން ބުނެއެވެ.

އަދި މި މައްސަލައާ ގުޅިގެން ޢަބްދުﷲ ފާރިޝް (36އ) ގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން 10 ދުވަހަށް ބަންދުކުރުމަށް އަމުރުކޮށްފައިވާކަންވެސް ފުލުހުން ހާމަކުރިއެވެ.

މި މައްސަލަ ފުލުހުން ގެންދަނީ ތަހުގީގު ކުރަމުންނެވެ.

E living
ކޮމެންޓް
E living
ފަހުގެ
STELCO Inside