%20(1).webp&w=3840&q=75)
17 އަހަރުގެ ކުއްޖަކަށް ދޮންބައްޕައާއި ޅިޔަނު ޖިންސީ ގޯނާ ކުރި މައްސަލައެއް!
# ދިވެހި ފުލުހުންގެ ޙިދުމަތް--
ނޯތު ޕޮލިސް ރީޖަންގައި ހިމެނޭ ރަށެއްގައި 17 އަހަރުގެ ކުއްޖަކަށް ޖިންސީ ގޯނާ ކުރި މައްސަލައެއް ތަހުގީގުކުރަމުންދާކަން ފުލުހުން ހާމަކޮށްފި އެވެ.

ފުލުހުން މީޑީއާތަކަސް ފޮނުވި މެސެޖެއްގައި ބުނީ ނޯތު ޕޮލިސް ރީޖަން ކަމަށްވާ ނ،ރ،ބ،ޅ ގައި ހިމެނޭ ރަށެއްގައި އިތުބާރު ކުރެވޭ މަގާމެއްގައި ތިބި ބަޔަކު 17 އަހަރުގެ ކުޑަކުއްޖަކަށް ޖީންސީ ގޯނާކުރި މައްސަލައެއް ތަހުގީގު ކުރަމުންދާ ކަމަށެވެ.
އެގޮތުން އެމައްސަލަ ފުލުހަށް ހުށަހަޅާފައިވަނީ މިއަހަރުގެ ޖެނުއަރީ މަހުގެ ތެރޭގައި ކަމަށާއި މިހާތަނަށް މި މައްސަލާައި މީހަކު ހައްޔަރުކޮށްފައިނުވާކަމަށް ފުލުހުން ބުނެއެވެ.
އަދި މި މައްސަލަ ގުޅުން ހުރިި އިދާރާތަކާއި އެކު ފުލުހުން ތަހުގީގު ކުރަމުންދާކަން ހާމަކުރި ނަމަވެސް މިމައްސަލައާއި ގުޅޭ އިތުރު ތަފްސީލެއް ފުލުހުން ނުދެއެވެ.
ފުލުހުން މިކަން ހާމަކޮށްފައިމިވަނީ މި މައްސަލައާއި ގުޅިގެން ފުލުހުންގެ ތަހުގީގަށް ނުފޫޒު ފޯރުވައި މައްސަލަ ބެލުން ހުއްޓުވުމަށް ބަޔަކު މަސައްކަތްކުރަމުންދާ ކަމަށް ބުނެ އެކުއްޖާގެ އާއިލާގެ މެމްބަރަކު މިއަދު އެކަން މީސްމީޑިއާގައި ފެންމަތިކުރުމާއި ގުޅިގެންނެވެ. އެގޮތުން އެކުއްޖާއަށް ޖިންސީ ގޯނާ ކޮށްފައިވަނީ އެކުއްޖާގެ ދޮން ބައްޕައާއި އެކުއްޖާގެ ދައްތަގެ ފިރިމީހާކަމަށް ވަނީ ތުހުމަތުކޮށްފައި އެވެ.