
--
މޫސުން ގޯސްވާނެ ކަމަށް ލަފާކޮށް ދެކުނުގެ އަތޮޅުތަކަށް ހުދު ސަމާލު ނެރެފި އެވެ.

މޫސުމާއި ބެހޭ ގައުމީ އިދާރާއިން ހުދު ސަމާލު ނެރެފައިވަނީ ގއ އަތޮޅުން ފެށިގެން އައްޑޫ ސިޓީއާއި ހަމައަށް މިރޭގެ 22:00 އިން 03:00 އަށެވެ.
އެގޮތުން ސަމާލުގެ މުއްދަތުގައި އެސަރަހައްދަށް ބޯކޮށް ވާރޭވެހުމާއި އެކު ގުގުރާނެ ކަމަށް އެއިދާރާއިން ވަނީ ލަފާކޮށްފައި އެވެ.
މޫސުމާއި ބެހޭ ގައުމީ އިދާރާއިން މިއަދު ނެރުނު ބަޔާނެއްގައި ބުނީ މިދުވަސްވަރަކީ އިރުވައި މޫސުން ނިމި ހުޅަނގުމޫސުން ފެށެމެންދޫ ދުވަސްވަރުކަމުން ރާއްޖޭގެ ދެކުނުން އެުފެދޭ ވިއްސާރަވިލާތައް ދެކުނުގެ އަތޮޅުތަކަށް އަރަމުންދާކަން ފާހަގަކުރެވޭ ކަމަށެވެ. އަދި މިއާިއ އެކު ފާއިތުވި 24 ގަޑިއިރު ދެކުނުގެ އެކި ހިސާބުތަކަށް ވިއްސާރަކޮށްފައިވާ ކަމަށް އެއިދާރާއިން ވަނީ ބުނެފައި އެވެ.
އަދި ކުރިޔަށް އޮތް 3 ދުވަހު ރާއްޖޭގެ އެކި ހިސާބުތަކަށް ވިއްސާރާކުރާނެ ކަމަށް ބެލެވޭ ކަމަށާއި ބައެއް ރަށްތަކަށް ގުގުރުމާއިއެކު ބޯކޮށް ވާރޭވެހުމަކީ އެކަށީގެންވާ ކަމެއް ކަމަށްވެސް އެއިދާރާއިން ބުނެއެވެ. އަދި ބައެއް ހިސާބުތކަށް އާންމުވައި ގަދަވުމާއި އެކު ކަނޑުތައް ގަވަވުމުގެ ފުރުސަތު އޮތް ކަމަށްވެސް އެއިދާރާއިން ބުނެއެވެ.