logoEN
Sto top
ރާއްޖޭގެ ބޮޑު ސަރަހައްދަކަށް ހުދު ސަމާލު ނެރެފި

ރާއްޖޭގެ ބޮޑު ސަރަހައްދަކަށް ހުދު ސަމާލު ނެރެފި

އަހުމަދު ޝުރާއު

logo

4/27/2025, 3:54:13 PM

# މޫސުމާއިބެހޭ ގައުމީ އިދާރާ

-

މޫސުން ގޯސްވާނެ ކަމަށް ލަފާކޮށް ރާއްޖޭގެ ބޮޑު ސަރަހައްދަކަށް ހުދު ސަމާލު ނެރެފި އެވެ.

Wamco

މޫސުމާއި ބެހޭ ގައުމީ އިދާރާއިން މިރޭ ހުދު ސަމާލު ނެރުނީ ހއ އަތޮޅުން ފެށިގެން ދ އަތޮޅާއި ހަމައަށް މިރޭގެ 20:30 އިން ފެށިގެން ދަންވަރު 02:30 ގެ ނިޔަލަށެވެ.

ހުދު ސަމާލުގެ މުއްދަތުގައި އެސަރަހައްދަށް ބޯކޮށް ވާރޭވެހުމާއި އެކު ގުގުރާނެ ކަމަށް މޫސުމާއި ބެހޭ އިދާރާއިން ލަފާކުރެއެވެ. އަދި ވިލާގަނޑުގައި ގަޑިއަކު 40 މޭލަށް ވައިގަދަވާނެ ކަމަށްވެސް ވަނީ ލަފާކޮށްފައި އެވެ.

މޫސުމާއި ބެހޭ ގައުމީ އިދާރާއިން ބުނާގޮތުގައި ކުރިޔަށް އޮތް ތިން ދުވަހަކީވެސް ރާއްޖޭގެ އެކި ސަރަހައްދުތަކަށް މޫސުން ގޯސްވާނެ ތިން ދުވަހެވެ. އެގޮތުން މޫސުންގޯސްވެ ވިލާގަނޑުގައި ހުރިހާ ސަރަހައްދެއްގެ ކަނޑުތައް ވެސް ގަދަވާނެ ކަމަށްވެސް އެއިދާރާއިން ލަފާކުރެއެވެ.

E living
ކޮމެންޓް
E living
ފަހުގެ
STELCO Inside