
--
މޫސުން ގޯސްވާނެ ކަމަށް ލަފާކޮށް ރާއްޖޭގެ އުތުރުގެ އަތޮޅުތަކަށް ހުދު ސަމާލު ނެރެފި އެވެ.

މޫސުމާއި ބެހޭ ގައުމީ އިދާރާއިން ހުދު ސަމާލު ނެރެފައިވަނީ ހއ އަތޮޅުން ފެށިގެން ޅ އަތޮޅާއި ހަމައަށް މިއަދުގެ 14:30 އިން މިރޭގެ 20:30 ގެ ނިޔަލަށެވެ.
ހުދު ސަމާލުގެ މުއްދަތުގައި އެސަރަހައްދަށް ބޯކޮށް ވާރޭވެހުމާއި އެކު ގުގުރާނެ ކަމަށް މޫސުމާއި ބެހޭ އިދާރާއިން ލަފާކުރެއެވެ. އަދި ވިލާގަނޑުގައި ގަޑިއަކު 40 މޭލަށް ވައިގަދަވާނެ ކަމަށްވެސް ވަނީ ލަފާކޮށްފައި އެވެ.
ރާއްޖޭގެ އެކި ސަރަހައްދުތަކަށް މިދިޔަ ހުކުރު ދުވަހުން ފެށިގެން އަންނަނީ ވިއްސާރަކުރަމުންނެވެ. އެގޮތުން އިއްޔެ އާއި މިއަދު ގިނަ ސަރަހައްދުތަކަކަށް މޫސުމީ ސަމާލުތައް ވަނީ ނެރެފައި އެވެ.