logoEN
Sto top
މޫސުން ގޯސްވާނެ ކަމަށް ލަފާކޮށް އުތުރުގެ ބައެއް އަތޮޅުތަކަށް ހުދު ސަމާލު ނެރެފި

މޫސުން ގޯސްވާނެ ކަމަށް ލަފާކޮށް އުތުރުގެ ބައެއް އަތޮޅުތަކަށް ހުދު ސަމާލު ނެރެފި

އަހުމަދު ޝުރާއު

logo

5/5/2025, 1:41:17 PM

# މޫސުމާއިބެހޭ ގައުމީ އިދާރާ

--

މޫސުން ގޯސްވާނެ ކަމަށް ލަފާކޮށް އުތުރުގެ ބައެއް އަތޮޅުތަކަށް ހުދު ސަމާލު ނެރެފި އެވެ.

Wamco

މޫސުމާއި ބެހޭ ގައުމީ އިދާރާއިން ހުދު ސަމާލު ނެރެފައިވަނީ ހއ އަތޮޅުން ފެށިގެން ރ އަތޮޅާއި ހަމައަށް މިއަދުގެ 17:00 އިން 22:00 އަށެވެ.

އެގޮތުން ސަމާލުގެ މުއްދަތުގައި އެސަރަހައްދަށް ބޯކޮށް ވާރޭވެހުމާއި އެކު ގުގުރާނެ ކަމަށް އެއިދާރާއިން ވަނީ ލަފާކޮށްފައި އެވެ.

މޫސުމާއި ބެހޭ ގައުމީ އިދާރާއިން މިއަދު ނެރުނު ބަޔާނެއްގައި ބުނީ މިދުވަސްވަރަކީ އިރުވައި މޫސުން ނިމި ހުޅަނގުމޫސުން ފެށެމެންދޫ ދުވަސްވަރުކަމުން ރާއްޖޭގެ ދެކުނުން އެުފެދޭ ވިއްސާރަވިލާތައް ދެކުނުގެ އަތޮޅުތަކަށް އަރަމުންދާކަން ފާހަގަކުރެވޭ ކަމަށެވެ. އަދި މިއާިއ އެކު ފާއިތުވި 24 ގަޑިއިރު ދެކުނުގެ އެކި ހިސާބުތަކަށް ވިއްސާރަކޮށްފައިވާ ކަމަށް އެއިދާރާއިން ވަނީ ބުނެފައި އެވެ.

އަދި ކުރިޔަށް އޮތް 3 ދުވަހު ރާއްޖޭގެ އެކި ހިސާބުތަކަށް ވިއްސާރާކުރާނެ ކަމަށް ބެލެވޭ ކަމަށާއި ބައެއް ރަށްތަކަށް ގުގުރުމާއިއެކު ބޯކޮށް ވާރޭވެހުމަކީ އެކަށީގެންވާ ކަމެއް ކަމަށްވެސް އެއިދާރާއިން ބުނެއެވެ. އަދި ބައެއް ހިސާބުތކަށް އާންމުވައި ގަދަވުމާއި އެކު ކަނޑުތައް ގަވަވުމުގެ ފުރުސަތު އޮތް ކަމަށްވެސް އެއިދާރާއިން ބުނެއެވެ.

E living
ކޮމެންޓް
E living
ފަހުގެ
STELCO Inside