logoEN
Sto top
ކޮމަންވެލްތު ބީޗްހޭންޑްބޯލް ޗެންޕިއަންޝިޕް 2025 ކުޅުދުއްފުށި ސިޓީގައި

ކޮމަންވެލްތު ބީޗްހޭންޑްބޯލް ޗެންޕިއަންޝިޕް 2025 ކުޅުދުއްފުށި ސިޓީގައި

ހަސަން ޝަމްއޫން

logo

5/4/2025, 6:10:52 AM

# ހޭންޑްބޯލް މޯލްޑިވްސް# ދިވެހި ކުޅިވަރު

ކޮމަންވެލްތް ބީޗް ހޭންޑްބޯލް ޗެމްޕިއަންޝިޕް 2025 “ ލޯންޗްކުރުމާއި، 10 ވަނަ “ބީޗް ހޭންޑްބޯލް އޭޝިއަން ޗެމްޕިއަންޝިޕް އޮމާން 2025” ގައި ވާދަކުރާ ދިވެހިރާއްޖޭގެ ޤައުމީ ބީޗް ހޭންޑްބޯލް ޓީމަށް ޖަރޒީ ހަވަލުކުރުމަށް މާލޭގައި ރޭ ބޭއްވި ރަސްމިއްޔާތުގެ ތެރެއިން

ދިވެހިރާއްޖޭގައި ބޭއްވުމަށް ހަމަޖެހިފައިވާ “ ކޮމަންވެލްތް ބީޗް ހޭންޑްބޯލް ޗެމްޕިއަންޝިޕް 2025 “ ލޯންޗްކުރުމާއި، 10 ވަނަ “ބީޗް ހޭންޑްބޯލް އޭޝިއަން ޗެމްޕިއަންޝިޕް އޮމާން 2025” ގައި ވާދަކުރާ ދިވެހިރާއްޖޭގެ ޤައުމީ ބީޗް ހޭންޑްބޯލް ޓީމަށް ޖަރޒީ ހަވަލުކުރުމަށް މާލޭގައި ރޭ ޚައްސަ ރަސްމިއްޔާތެއް ބާއްވައިފިއެވެ.

Wamco

ހޭންޑްބޯޅަ މޯލްޑިވްސްގެ ފަރާތުން ހެންވޭރު ބޯޅަގޭ ކޮންފަރެންސް ހޯލުގައި ރޭ ބޭއްވި މި ރަސްމިއްޔާތުގައި “ކޮމަންވެލްތް ބީޗް ހޭންޑްބޯލް ޗެމްޕިއަންޝިޕް 2025” ލޯންޗްކޮށްދެއްވާ ދިވެހި ޤައުމީޓީމްގެ ކުޅުންތެރިންނާއި އޮފިސަލުންނަށް ޖަރޒީ ހަވާލުކޮށްދެއްވާފައިވަނީ ކުޅިވަރާއި ހަށިހެޔޮކަމާ ބެހޭ ވަޒީރު އަބްދު ألله ރާފިއު، އަދި މިރަސްމިއްޔާތުގެ ތެރެއިން ވަޒިރާއިއެކު، ކުޅުދުއްފުށި ސިޓީގެ މޭޔަރ، ހޭންޑްބޯލް މޯލްޑިވްސްގެ ރައީސް އަހުމަދު މުޖުތަބާ އަދި އޮލިމްޕިކް ކޮމިޓީގެ ރައީސް މުހައްމަދު އަބްދުއް ސައްތާރު ވަނީ “ކޮމަންވެލްތް ބީޗް ހޭންޑްބޯލް ޗެމްޕިއަންޝިޕް 2025” ބެހޭގޮތުން ނޫސްވެރިންނަށް މައުލޫމާތު ދެއްވާފައެވެ.

ރޭގެ ރަސްމިއްޔާތުގައި ހޭންބޯޅަ މޯލްޑިވްސްގެ ރައީސް އަހުމަދު މުޖުތަބާ ވިދާޅުވީ އެންމެ ފުރަތަމަ މިމުބާރާތް ބޭއްވުމަށް މަސައްކަތް ކޮއްފައި ވަނީ މިދިޔަ އަހަރުގެ ފެބްރުއަރީ މަހު 18 އިން 23 ޕާކިސްތާންގެ ކަރާޗީގައެވެ. ނަމަވެސް އެކި ސަބަބުތަކާއިހުރެ މުބާރާތް ވަނީ ބޭއްވޭގޮތް ނުވެފައެވެ. އަދި ރާއްޖޭގައި މިމުބާރާތް ބޭއްވުމުގެ މަސައްކަތް ފެށުނީ، އޭޝިއަން ހޭންޑްބޯޅަ ފެޑެރޭޝަންގެ ޖެނެރަލް ސެކްރެޓަރީ، މުހައްމަދު ޝަފީގު ރާއްޖެ އަށް ކުރެއްވި ޒިޔާރަތުގެ ތެރެއިންނެވެ. އަދި މީގެ އިތުރުން މިމުބާރާތް ރާއްޖޭގައި ހޯސްޓް ކުރުމުގެ ފުރުސަތު ލިބުނީ ހޭންޑްބޯޅަ އެސޯސިއޭޝަނާއި ސްޕޯޓްސް މިނިސްޓްރީ، ކުޅުދުއްފުށި ސިޓީ ކައުންސިލް އަދި މޯލްޑިވްސް އޮލިމްޕިކް ކޮމިޓީން ގުޅިގެން ކުރި މަސައްކަތުންނެވެ. .

އިތުރަށް ވާހަކަ ދައްކަމުން ހޭންޑްބޯލް މޯލްޑިވްސްގެ ރައީސް، އަހުމަދު މުޖުތަބާ (މުޖޭ) ވިދާޅުވީ"މާޗް މަހު މަސައްކަތް ފަށައިގަތީ، މާޗް މަހު 27 ގައި ބިޑް ކާމިޔާބުވެގެންދިޔައީ. ރާއްޖޭގައި މި ވަރުގެ މުބާރާތެއް ބޭއްވުމަކީ، ކުޅިވަރުގެ ޒަރިއްޔާ އިން ރާއްޖޭގެ ރީތި ބީޗް ވިއްކާލެވޭނެ ވަރަށް ފުރިހަމަ ކަމެއް ކަމުގައި މިނިސްޓަރު ދެކިވަޑައިގެންނެވީ، އަޅުގަނޑުމެންގެ ދިވެހި ރާއްޖެ އަކީ ދުނިޔޭގެ އެހެން އެއްވެސް ގައުމެއްގައި ނެތް ވަރުގެ ބީޗްތަކެއް އޮތް ގައުމަކަށްވާތީވެ، ދެން، އަޅުގަނޑުމެންގެ ރާއްޖޭގައި ބޭއްވޭ މި ކަހަލަ ބީޗް ފުރަތަމަ މުބާރާތައް ވުމަކީ ވެސް މިނިސްޓަރުގެ ވަރަށް ބޮޑު އެދުމެއް،"

ރޭގެ ރަސްމިއްޔާތުގައި މޯލްޑިވްސް އޮލިމްޕިކް ކޮމިޓީގެ ރައީސް މުހައްމަދު އަބްދުއް ސައްތާރު ވިދާޅުވީ " ހޭންޑްބޯލް މޯލްޑިވްސް އިން ކުރި ވަރަށް ރަނގަޅު މަސައްކަތެއް މިއީ.. އަދި، މި މުބާރާތް ކުޅުއްދުއްފުށީގައި ހޯސްޓްކުރާއިރު، ވަރަށް ބޮޑު ޔަގީންކަމެއް އެބައޮތް މިކަން ފުރިހަމަ ކޮށްދާނެ ކަން ކަމާއިމެދު " އެއީ މީގެ ކުރިން ވެސް ކުޅުއްދުއްފުށީގައި ބޭއްވި މުބާރާތްތައް ފުރިހަަމަކޮށް ގޮސްފައިވާތީކަން ސައްތާރު ފާހަގަކުރެއްވި އެވެ.

މޯލްޑިވްސް އޮލިމްޕިކް ކޮމިޓީގެ ރައީސް މުހައްމަދު އަބްދުއް ސައްތާރު އިތުރަށް ވާހަކަފުޅު ދައްކަވަމުން ވިދާޅުވީ "ކޮމަންވެލްތުގެ މި ކަހަލަ ގޭމްސް އެއް ފުރަތަމަ ފަހަރަށް ރާއްޖޭގައި މި ބޭއްވެނީ، މިއީ ވަރަށް ރަނގަޅު ފާލެއް ހެން ހީވަނީ އަޅުގަނޑުމެންނަށް މިމުބާރާތުގެ ކަންތައްތައް ރަނގަޅަށް ގެންދެވިއްޖިއްޔާ އެ މީހުންނަށް ޔަގީންކަން ލިބޭނެ މި ކަހަލަ ކޮމަންވެލްތު މުބާރާތްތައް ރާއްޖޭގައި ބޭއްވޭނެކަން،" ސައްތާރު ވިދާޅުވި އެވެ.

މީގެ އިތުރުން ކޮމަންވެލްތު ގޭމްސްގެ ފެޑެރޭޝަން (ސީޖީއެފް)ގެ އޯޝެނިއާ އާއި އޭޝިއާގެ ރީޖަނަލް ބައްދަލުވުން މިދިޔަ ސެޕްޓެމްބަރު މަހު ބޭއްވީ ރާއްޖޭގަ އެވެ. އަދި މޯލްޑިވްސް އޮލިމްޕިކް ކޮމިޓީގެ ރައީސް ވިދާޅުވީ، އެ ބައްދަލުވުމުގައި ބައިވެރިވި ފަރާތްތަކުން ވެސް އެދުނު އެއް ކަމަކީ، ރާއްޖޭގައި ކޮމަންވެލްތުގެ ހަރަކާތްތައް ގިނައިން ބޭއްވުމަށް ކަމަށެވެ. އަދި، ކޮމަންވެލްތުގެ ކަންކަމުގައި ރާއްޖޭގެ ބައިވެރިވުން ވަރަށް މުހިންމު ކަމަށާއި މި ފަދަ މުބާރާތްތައް ބޭއްވުމަކީ، ކުޅިވަރު ނޫނަސް، ސްޕޯޓްސް ޓޫރިޒަމް ތެރެއިން، ރާއްޖޭގެ އިގްތިސާދަށް ވެސް އޭގެ ފައިދާކުރާނެ ކަމެއް ކަމަށް ސައްތާރު ވިދާޅުވި އެވެ.

E living
ކޮމެންޓް
E living
ފަހުގެ
STELCO Inside