
ޚާން ޔޫނުސްއަށް ޔަހޫދީން ރޭ ދިން ހަމަލާގައި ތުއްތު ތިން ކުއްޖަކު ޝަހީދުކޮށްލި: އެއްކުއްޖަކީ އެންމެ އެއް މަހުގެ ކުއްޖެއް!
# ޣައްޒާޔަހޫދީން ރޭ ޣައްޒާގެ ޚާން ޔޫނުސްއަށް ދިން ވަރުގަދަ ހަމަލާގައި ތުއްތު ތިން ކުއްޖަކު ވަނީ ޝަހީދުކޮށްލާފައި އެވެ.

ޣައްޒާގެ ސިވިލް ޑިފެންސް އެޖެންސީން ބުނީ ޚާން ޔޫނުސް ރެފިއުޖީ ކޭމްޕަށް އިޒްރޭލުން ރޭ ދިން ހަމަލާއެއްގައި 11 މީހުން ޝަހީދުވެފައިވާ ކަމަށާއި އޭގެ ތެރޭގައި ކުޑަ ތިން ކުއްޖަކު ވެސް ހިމެނޭ ކަމަށެވެ.
އެ އެޖެންސީގެ ތަރުޖަމާނު މަހްމޫދު ބާސަލް ވިދާޅުވީ ޔަހޫދީން ރޭ ފަތިހު ދިން ހަމަލާ އަމާޒުކުރީ ޣައްޒާގެ ދެކުނުގައި ހުންނަ ޚާން ޔުނިސް ކޭމްޕްގައި ހުންނަ އަލް ބައިރަމް އާއިލާގެ ގެއަށް ކަމަށެވެ.އެގޮތުން ޝަހީދުވި މީހުންގެ ތެރެއިން އަށް މީހުންނަކީ އެއް އާއިލާއަކަށް ނިސްބަތްވާ މީހުން ކަމަށާއި އޭގެ ތެރޭގައި އެއް އަހަރުގެ ފިރިހެން ކުއްޖަކާއި އަންހެން ކުއްޖެއްގެ އިތުރުން އެއް މަހުގެ ތުއްތު ކުއްޖެއް ހިމެނޭ ކަމަށް ބަސަލް ވިދާޅުވި އެވެ.
ޣައްޒާގެ ޞިއްޙަތާބެހޭ ވުޒާރާއިން ހޮނިހިރު ދުވަހު ބުނެފައިވަނީ އިސްރާއީލުން މިދިޔަ މާޗް މަހު ހަމާސްއާ އެކު ހަނގުރާމަ ހުއްޓާލުމާ ޚިލާފުވެ، ހަމަލާތައް ދޭން ފެށިފަހުން މިހާތަނަށް 2،396 މީހުން ޝަހީދުވެފައިވާ ކަމަށެވެ.
ގުޅުންހުރި

އިރާނަށް ދެމުންދިޔަ ހަމަލާތައް ހުއްޓާލުމާއި އެކު ޣައްޒާއަށް ދޭ ހަމަލާތައް ވަރުގަދަކުރާނެކަން ނިރުބަވެރި އަސްކަރިއްޔާއިން ހާމަކޮށްފި

ޣައްޒާއިން އިންޓަނެޓްގެ ހިދުމަތް ކަނޑާލައިފި

މިއަދުގެ މިވަގުތާއި ހަމައަށް ޣައްޒާއިން ޝަހީދުވި މީހުންގެ އަދަދު 51 އަށް!
