logoEN
Sto top
އެހީ ހޯދަން އެއްވެ ތިބި ފަލަސްތީނު ރައްޔިތުންގެ ގަޔަށް ޔަހޫދީން ބަޑިޖަހައި 13 މީހަކު ޝަހީދުކޮށްލައިިފި

އެހީ ހޯދަން އެއްވެ ތިބި ފަލަސްތީނު ރައްޔިތުންގެ ގަޔަށް ޔަހޫދީން ބަޑިޖަހައި 13 މީހަކު ޝަހީދުކޮށްލައިިފި

އަހުމަދު ޝުރާއު

logo

6/8/2025, 1:17:03 PM

# ޣައްޒާ

ޣައްޒާގައި އެހީ ހޯދަން އެއްވެ ތިބި ފަލަސްތީނު ރައްޔިތުންގެ ގަޔަށް ޔަހޫދީން ބަޑިޖަހައި 13 މީހަކު ޝަހީދުކޮށްލައިިފި އެވެ.

Wamco

ރިޕޯޓުތައް ބުނާގޮތުގައި ޔަހޫދީ އަސްކަރިއްޔާއިން މިއަދު ބަޑީގެ ހަމަލާތަކެއް ދިނީ ޣައްޒާގެ ދެކުނުން ރަފާހްގައި ހުންނަ ޣައްޒާ ހިއުމަނިޓޭރިއަން ފައުންޑޭޝަންގެ އެހީގެ މަރުކަޒަކަށް އެއްވެ ތިބި މީހުންނަށް އަމާޒުކޮށެވެ.

މި ހަމަލާގައި މިހާތާނަށް 13 މީހަކު ޝަހީދުވެފައިވާއިރު 100 އަށްވުރެ ގިނަ މީހުންވަނީ ޒަހަމްވެފައި ކަމަށް އަލްޖަޒީރާއިން ރިޕޯޓުކުރެއެވެ.

އެހީތައް ވެއްދުން މެދުކަނޑާލާފައި އޮންނަތާ ގިނަ ދުވަސްތަަކަކަށް ފަހު ޣައްޒާގައި އެމެރިކާއާއި އިސްރާއީލު އިސްވެ އޮވެ އުފެއްދި ޚާއްސަ ޖަމިއްޔާއަށް ކަމަށްވާ ޖީއެޗްއެފް މެދުވެރިކޮަށް އެހީ ބަހަން ފެށީ މިދިޔަ މޭމަހުގެ ފަހުކޮޅު އެވެ. ނަމަވެސް އެހީ ހޯދަން ޖީއެޗްއެފްގެ މަރުކަޒުތަކަށް ދާ ޣައްޒާގެ ރައްޔިތުންނަށް އަމާޒުކޮށް ޔަހޫދީ ސިފައިން އަންނަނީ ވަރުގަދަ ހަމަލާތަކެއް ދެމުންނެވެ.

އެގޮތުން އެހީގެ މަރުކަޒުތަކަށް ދިޔަ ރައްޔިތުންނަށް އަމާޒުކޮށް ދެމުންދާ ސިލްސިލާ ހަމަލާތަކުގައި މިހާތަނަށް 120 އަށްވުރެ ގިނަ މީހުން ވަނީ ޝަހީދުކޮށްލާފައި އެވެ.

E living
ކޮމެންޓް
E living
ފަހުގެ
STELCO Inside