logoEN
Sto top
މިއަދުގެ މިވަގުތާއި ހަމައަށް ޣައްޒާއިން ޝަހީދުވި މީހުންގެ އަދަދު 51 އަށް!

މިއަދުގެ މިވަގުތާއި ހަމައަށް ޣައްޒާއިން ޝަހީދުވި މީހުންގެ އަދަދު 51 އަށް!

އަހުމަދު ޝުރާއު

logo

6/9/2025, 5:07:58 PM

# ޣައްޒާ

ޔަހޫދީން މިއަދު ޣައްޒާއަށް ދިން ހަމަލާތަކުގައި ޝަހީދުވި މީހުންގެ އަދަދު 50 އަށްވުރެ މައްޗަށް އަރައިފި އެވެ.

Wamco

ޣައްޒާގެ ސިއްހީ މަސްދަރުތަކާއި ހަވަލާދީ އަލްޖަޒީރާއިން ރިޕޯޓުކުރާގޮތުގައި މިއަހަރުގެ މިވަގުތާއި ހަމައަށް ޣައްޒާއިން 51 މީހަކު ވަނީ ޝަހީދުވެފައި އެވެ.

އިތުރު ރިޕޯޓުތައް ބުނާގޮތުގައި ޔަހޫދީން މިއަދު އެންމެ ގިނަ ހަމަލާތަކެއް ދިނީ ޚާން ޔޫނުސްއަށެވެ. އެގޮތުން ޚާން ޔޫނުސްގައި ހުންނަ އަލް މަސާވީ ރެފިއުޖީ ކޭމްޕަށް ޔަހޫދީން މިއަދުވެސް ހަމަލާދީފައިވާއިރު އެހަމަލާގައި އެކޭމްޕުން 7 މީހަކު ޝަހީދުވެ ގިނަ ބަޔަކު ވަނީ ޒަހަމްވެފައި އެވެ. މީގެ އިތުރުންވެސް ޚާން ޔޫނުސްގައި ޔަހޫދީން ބަޑިން ދިން ހަމަލާއެއްގައި ކުޑަ އަންހެން ކުއްޖަކުވެސް ވަނީ ޝަހީދުކޮށްލާފައި އެވެ.

މިއަދު ޔަހޫދީން ވަނީ ޣައްޒާގައި އެހީ ބަހަމުން އަންނަ މަރުކަޒެއް ކައިރީގައިވެސް ބަޑީގެ ހަމަލާތަކެއް ދީފައި އެވެ. އެގޮތުން އެހަމަލާގައި އެކަނިވެސް 14 މީހަކު ވަނީ ޝަހީދުވެފައި އެވެ.

ޔަހޫދީން ޣައްޒާއަށް ދެމުންދާ ހަމަލާތަކަށް ހުއްޓުމެއް އަންނާނެ ކަމުގެ އެއްވެސް އިޝާރާތެއް މިހާތަނަށް ދީފައިނުވާއިރު ދުވަހަކަށް ވުރެ ދުވަހެއް ޔަހޫދީންގެ ހަމަލާތައް ދަނީ ވަރުގަދަކުރަމުންނެވެ.

ޔަހޫދީންގެ ހަމަލާތަކުގައި މިހާތަނަށް ޣައްޒާއިން 54,927 މީހަކު ވަނީ ޝަހީދުވެފައި އެވެ. އޭގެ ތެރޭގައި ގިނަ އަދަދެއްގެ ކުޑަކުދިންނާއި އަންހެނުން ހިމެނެއެވެ.

E living
ކޮމެންޓް
E living
ފަހުގެ
STELCO Inside