logoEN
Sto top
ހުޅުދުއްފާރާއި މަޑުއްވަރީގެ ފުޓްބޯޅަ ދަނޑުގައި ޓާރފް އެޅުމަށް ބޭނުންވާ ސާމާނުތައް އެރަށްތަކަށް ފޮނުވައިފި

ހުޅުދުއްފާރާއި މަޑުއްވަރީގެ ފުޓްބޯޅަ ދަނޑުގައި ޓާރފް އެޅުމަށް ބޭނުންވާ ސާމާނުތައް އެރަށްތަކަށް ފޮނުވައިފި

އަހުމަދު ޝުރާއު

logo

5/3/2025, 5:13:51 PM

# އާރްޑީސީ

--

ރޯޑް ޑިވެލޮޕްމެންޓު ކޯޕަރޭޝަނާއި ހަވާލުކޮށްގެން ރ އަތޮޅުގައި ކުރިޔަށް ގެންދާ ފުޓްބޯޅަ ދަނޑުތަކުގެ މަސައްކަތްތަކަށް ބޭނުންވާ ސާމާނު އެރަށްތަކަށް ފޮނުވައިފި އެވެ.

Wamco

އާރްޑީސީއީން ސާމާނު ފޮނުވާފައިވަނީ ރ އަތޮޅު ހުޅުދުއްފާރާއި މަޑުއްވަރީގެ ފުޓްބޯޅަ ދަނޑުގެ މަސައްކަތަށް ބޭނުންވާ ސާމާނުތައް ކަމަށް އެކުންފުނީން މިއަދު ވަނީ ހާމަކޮށްފައި އެވެ.

އާރްޑީސީން ބުނީ ހުޅުދުއްފާރު ފުޓުބޯޅަ ދަނޑުގައި ޓާފް އެޅުމަށް ބޭނުންވާ ސިލިކާ ވެލި އެރަށަށް ފޮނުވައި، އަންލޯޑް ކުރުމުގެ މަސައްކަތް މިހާރު ކުރަމުންދާ ކަމަށާއި މަޑުއްވަރީ ފުޓުބޯޅަ ދަނޑުގައި ޓާފް އެޅުމަށް ބޭނުންވާ ސިލިކާ ވެލިވެސް ފޮނުވައި، އަންލޯޑް ކުރުމުގެ މަސައްކަތް މިހާރު ކުރަމުންދާ ކަމަށެވެ.

ރާއްޖޭގެ އެކި ރަށްރަށުގައި ފެެށިފައި ހުރި މިފަދަ މަޝްރޫއުތައް ނިންމުމަށް އާރްޑީސީގެ އިތުރުން ފެނަކައާއި އެމްޓީސީސީއާއިވެސް ކުޅިވަރާއި ބެހޭ ވުޒާރާއިން ވަނީ ދާދި ފަހުން ހަވާލުކޮށްފައި އެވެ. އަދި މަޝްރޫއުތައް ހަވާލުކުރުމާއި އެކު ގިނަ މަޝްރޫއުތަކެއްގެ އަމަލީ މަސައްކަތްތައް މިހާރު ވަނީ ފެށިފައި އެވެ.

E living
ކޮމެންޓް
E living
ފަހުގެ
STELCO Inside