
-
ޅ ހިންނަވަރާއި ދ ކުޑަހުވަދޫގެ މަގުތައް ޒަމާނީ ފެންވަރަށް ހެދުމުގެ މަޝްރޫއުގެ މަސައްކަތް ބާރު ސްޕީޑުގައި ކުރަމުން އަންނަ ކަމަށް އެމަސައްކަތުގެ ކޮންޓްރެކްޓަރ ރޯޑް ޑިވެލޮޕްމެންޓް ކޯޕަރޭޝަން, އާރްޑީސީއިން ހާމަކޮށްފި އެވެ.

އާރްޑީސީން މިއަދު ވަނީ ޅ ހިންނަވަރާއި ދ ކުޑަހުވަދޫގެ މަގުތައް ޒަމާނީ ފެންވަރަށް ތަރައްޤީކުރުމުގެ މަޝްރޫއުގެ އެންމެ ފަހުގެ އަދާހަމަ މައުލޫމާތު ހިއްސާކޮށްފައި އެވެ.
އެގޮތުން އާރްޑީސީން ބުނީ ހިންނަވަރުގައި ޒަމާނީ ފެންވަރަށް ތަރައްޤީ ކުރަމުން އަންނަ މަގުތަކުގެ ތެރެއިން، ރޯޑް 13ގައި ކާރބް ސްޓޯން ޖެހުމާއި ނޫރާނީ މަގުގައި ދުވާރުގެ މަސައްކަތް މިހާރު ކުރަމުންދާ ކަމަށެވެ.
މި މަޝްރޫއުގެ ދަށުން 7.125 ކިލޯ މީޓަރުގެ 8 މަގެއް ޒަމާނީ ފެންވަރަށް ތަރައްގީ ކުރުމަށް ހަމަޖެހިފައިވާއިރު، ފެން ހިންދާ ނިޒާމް ގާއިމުކޮށް، މަގު ބައްތިވެސް މަޝްރޫއުގެ ދަށުން ކުރިޔަށްދާނެއެވެ. މި މަޝްރޫއަށް 122 މިލިއަން ރުފިޔާ ހަރަދުވާނެ ކަމަށް އާރްޑީސީން ބުނެއެވެ.
ކުޑަހުވަދޫގެ މަގު ހެދުމުގެ މަޝްރޫއާއި ގުޅޭގޮތުން އާރްޑީސީން ބުނީ އެރަށުގެ މަގު ހެދުމުގެ މަޝްރޫއުގެ ދަށުން އޯކިޑް މަގުގައި ދުވާރުގެ މަސައްކަތް އަދި ކޮމްޕެކްޓް ކުރުމާއި ލެވެލް ކުރުމުގެ މަސައްކަތް ކުރަމުންދާ ކަމަށެވެ.
ކުޑަހުވަދޫ މަގުހެދުމުގެ މަޝްރޫއުގެ މަސައްކަތަށް އާރްޑީސީއާއެކު ސަރުކާރުން އެއްބަސްވުމުގައި ސޮއިކޮށްފައިވަނީ 2021 ވަނަ އަހަރުގެ ސެޕްޓެމްބަރު މަހު ފަހުކޮޅެވެ. މި އެއްބަސްވުމުގެ ދަށުން ކުޑަހުވަދޫގެ 5.85 މަގުގައި ތާރުއެޅުމާއެކު މަގުތަކުގައި ފެންހިންދާ ނިޒާމު ޤާއިމްކޮށް، މަގު ބައްތި ހަރުކުރުމަށް ވަނީ ނިންމާފައެވެ. މިއީ 122 މިލިއަން ރުފިޔާއަށް 450 ދުވަސްތެރޭ ނިންމާގޮތަށް އާރްޑީސީއާ ހަވާލުކޮށްގެން ހިންގާ މަޝްރޫއެކެވެ. ނަމަވެސް ކުރީ ވެރިކަން ނިމުނު އިރުވެސް މަޝްރޫއުގެ މަސައްކަތް މާ ބޮޑަކަށް ކުރިޔަކަށް ނުދެއެވެ.
ގުޅުންހުރި

ހިންނަވަރާއި ކުޑަހުވަދޫގެ މަގު ހެދުމުގެ މަޝްރޫއު ބާރު ސްޕީޑެއްގައި ކުރިޔަށްދަނީ!

އާރްޑީސީގެ ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ޚާއްސަ އިންޓާންޝިޕްގެ ދެވަނަ ބުރު ފަށައިފި

މީދޫއާއި ދާންދޫގެ އައު ހޮސްޕިޓަލް އިމާރާތް ހިމެނޭހެން ސިއްހީ އިންފްރާސްޓްރަކްޗަރގެ 4 މަޝްރޫއުއެއް އާރްޑީސީއަށް!
