
މީދޫއާއި ދާންދޫގެ އައު ހޮސްޕިޓަލް އިމާރާތް ހިމެނޭހެން ސިއްހީ އިންފްރާސްޓްރަކްޗަރގެ 4 މަޝްރޫއުއެއް އާރްޑީސީއަށް!
# އާރްޑީސީ--
ހަތަރު ރަށެއްގެ ޞިއްޙީ ޚިދުމަތްދޭ ތަންތަނުގެ ޢިމާރާތްކުރަން ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އާރުޑީސީ) އާއި ހަވާލުކޮށްފިއެވެ.

ހެލްތު މިނިސްޓްރީގައި ރޭ ބޭއްވި ރަސްމިއްޔާތެއްގައި މިނިސްޓްރީ އޮފް ހެލްތުގެ ފަރާތުން އެއްބަސްވުމުގައި ސޮއިކުރެއްވީ ސްޓޭޓް މިނިސްޓަރ އަހްމަދު ޤާސިމް އެވެ. ރޯޑް ޑިވެލޮޕްމަންޓްގެ ފަރާތުން އެއްބަސްވުމުގައި ސޮއިކުރެއްވީ ޑެޕިއުޓީ މެނޭޖިންގ ޑިރެކްޓަރ، މުޙައްމަދު އަސްބާޙް އަލީ ނަޞީރު އެވެ.
މިގޮތުން ހެލްތު މިނިސްޓްރީން ރޭ އާރްޑީސީ އާއި ހަވާލުކޮށްފައިވަނީ ރ މީދޫއާއި ގއ ދާންދޫގެ ހޮސްޕިޓަލް އައު އިމާރާތްތަކުގެ މަޝްރޫއުއާއި ހއ ފިއްލަދޫއާއި މ މުލަކުގެ ސިއްހީ މަރުކަޒުގެ އެކްސްޕެންޝަން އިމާރާތުގެ މަސައްކަތެވެ.
މި މަޝްރޫއުތައް އާރްޑީސީއާއި ހަވާލުކުރެވުނު އަގުތަކަކީ
- ހއ. ފިއްލަދޫ ޞިއްޙީމަރުކަޒުގެ އެކްސްޕެންޝަން ޢިމާރާތުގެ މަސައްކަތް: 11,997,890.47 ރުފިޔާއަށް
- ރ. މީދޫ ހޮސްޕިޓަލްގެ އައު ޢިމާރާތުގެ މަސައްކަތް: 11,997,890.47 ރުފިޔާއަށް
- މ. މުލަކު ޞިއްޙީމަރުކަޒުގެ އެކްސްޕެންޝަން ޢިމާރާތުގެ މަސައްކަތް: 26,469,925.89 ރުފިޔާއަށް
- ގއ. ދާންދޫ ހޮސްޕިޓަލްގެ އައު ޢިމާރާތުގެ މަސައްކަތް: 108,322,537.03 ރުފިޔާއަށް
ހެލްތު މިނިސްޓްރީން ރޭ ވަނީ ޖުމުލަ 18 މަޝްރޫއުއެއް އެމްޓީސީސީ އާއި ފެނަކަ އަދި އާރްޑީސީއާއި ހަވާލުކޮށްފައި އެވެ. އެގޮތުން ފެނަކައާއި 9 މަޝްރޫއު ހަވާލުކުރެވުނު އިރު އެމްޓީސީސީއާއި 5 މަޝްރޫއެއް ހަވާލުކޮށްފައި އެވެ.
ގުޅުންހުރި

ހިންނަވަރާއި ކުޑަހުވަދޫގެ މަގު ހެދުމުގެ މަޝްރޫއު ބާރު ސްޕީޑެއްގައި ކުރިޔަށްދަނީ!

އާރްޑީސީގެ ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ޚާއްސަ އިންޓާންޝިޕްގެ ދެވަނަ ބުރު ފަށައިފި

މީދޫއާއި ދާންދޫގެ އައު ހޮސްޕިޓަލް އިމާރާތް ހިމެނޭހެން ސިއްހީ އިންފްރާސްޓްރަކްޗަރގެ 4 މަޝްރޫއުއެއް އާރްޑީސީއަށް!
